ކ. މާލެ
|
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 03:10
ޓޮޕް އެޗީވަރސް އެވޯޑްދިން ރަސްމިއްޔާތެއްގެ ތެރެއިން
ޓޮޕް އެޗީވަރސް އެވޯޑްދިން ރަސްމިއްޔާތެއްގެ ތެރެއިން
ރައީސް އޮފީސް
އެސްޓީއޯ
ޓޮޕް އެޗީވަރސް އެވޯޑްގެ ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފި
 
ފާއިތުވެދިޔަ ފަސް އަހަރު ވެސް މިއެވޯޑް ސްޕޮންސަރ ކުރީ އެސްޓީއޯއިން

ޓޮޕް އެޗީވަރސް އެވޯޑްގެ ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައިފިއެވެ.

ބުދަ ދުވަހު ޓޮޕް އެޗީވަރސް އެވޯޑްގެ ސްޕޮންސަރަކަށްވުމަށް އެޑިއުކޭޝަން މިނިސްޓްރީއާއެކު ސޮއިކޮށްފައިވަނީ ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށްށެވެ.

އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަހުމަދު ރިޔާޒް އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ އައިޝަތު ޝައްފާނާ ރަޝީދެވެ.

އެސްޓީއޯއިންވަނީ މަތީ ސާނަވީ އިމްތިހާނުން އެންމެ މަތީ ދަރަޖަ ހޯދާ ދަރިވަރުންނަށް ދެމުން އަންނަ މި އެވޯޑް ވޭތުވެދިޔަ ފަސްއަހަރުވެސް ސްޕޮންސަރކޮށްފައެވެ.

ސާނަވީ އިމްތިހާނުތަކުން އެންމެ މަތީ ދަރަޖަ ހޯދާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ދެމުން އަންނަ މި އެވޯޑް އެސްޓީއޯއިން ވިދިވިދިގެން ސްޕޮންސަރ ކުރާ މިއީ 10 ވަނަ އަހަރެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް