ކ. މާލެ
|
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 03:14
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
ގޫގުލް
ފޮރިން މިނިސްޓްރީ
އިސްރާއިލް ބޮޑުވަޒީރުގެ ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
 
މިއަމަލު ކުށްވެރިކުމަށް ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލްފަދަ ބައިނަލްއަގްވާމީ ޖަމާއަތްތަކަށް ސަރުކާރުން ވަނީ ގޮވާލާފަ
 
މިކަމުގެ ސަބަބުން މެދު އިރުމަތީގައި ސުލަހަވެރިކަން ގާއިމުކުރުމަށް ކުރެވެމުންދާ ހުރިހާ ކަމެއް ބޮއްސުންލައިގެންދާނެ ކަމަށް ބުނެފައިވޭ
 
ފަލަސްތީނުގެ އެއްވެސް ހިސާބެއް އިސްރާއީލުގެ ބަޔަކަށް ހެދުމުން އެ އަރައިގަނެވެނީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ކަމަށް ބުނެފައިވޭ

އިސްރާއީލުގައި މިއަންނަ ހަފްތާގައި އޮންނަ އިންތިހާބުން ކަމިޔާބު ވެއްޖެނަމަ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީ އިސްރާއީލުގެ ތަނަކަށް ހަދާނެ ކަމަށް އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަން ޔާހޫ ވިދާޅުވި ވިދާޅުވުން، ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ފަލަސްތީނުގެ އެއްވެސް ހިސާބެއް އިސްރާއީލުގެ ބަޔަކަށް ހެދުމުން އެ އަރައިގަނެވެނީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ކަމަށެވެ. އަދި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައި ސިފަކުރައްވާފައިވެއެވެ.

މިކަމުގެ ސަބަބުން މެދު އިރުމަތީގައި ސުލަހަވެރިކަން ގާއިމުކުރުމަށް ކުރެވެމުންދާ ހުރިހާ ކަމެއް ބޮއްސުންލައިގެންދާނެ ކަމަށް ބުނެފައިވެއެވެ. އޭގެއިތުރުން އިސްރާއީލުގެ މިއަމަލު ކުށްވެރިކުމަށް ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލްފަދަ ބައިނަލްއަގްވާމީ ޖަމާއަތްތަކަށް ސަރުކާރުން ވަނީ ގޮވާލާފައެވެ.

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ އެހީތެރިކަން އަބަދުވެސް ފަލަސްތީނާއެކު ވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އަބަދުވެސް ފަލަސްތީނުގެ ހާލަތު މިހާރު އޮތް ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ގެނެސް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އަދި އެގައުމުގެ ވެރިރަށަކަށް ގުދުސް ވެގެންދިއުމަށް މަގުފަހިކުރުމަށް ވަކާލާތު ކުރުމުގައި ދެމިއޮންނާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް އެންމެ މުހިއްމު އެއްކަމަކީ ފަލަސްތީނު މީހުން އެކަމަށް މަސައްކަތް ކުރުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް