ކ. މާލެ
|
11 ސެޕްޓެންބަރ 2019 | ބުދަ 23:32
ޝަހްސު އޮޅުވާލައިގެން އެތެރެވާން މަސައްކަތް ކުރީ ބައެއް މީހުން
ޝަހްސު އޮޅުވާލައިގެން އެތެރެވާން މަސައްކަތް ކުރީ ބައެއް މީހުން
އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މި އަހަރު މިހާތަނަށް 11 މީހަކު ޝަހްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި
 
ރާއްޖެ އެތެރެވާން މަސައްކަތް ކުރި އެންމެން ވެސް ވަނީ އަނބުރާ ފޮނުވާލާފައި

މިއަހަރުގެ މިހާތަނަށް 11 މީހަކު ޝަހްސު އޮޅުވާލައިގެން ވަގު ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ބުދަ ދުވަހު އިމިގްރޭޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، މި އަހަރުގެ މިހާތަނަށް 11 މީހަކު ޝަހްސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވުމަށް މަސައްކަތް ކޮށްފައި ކަމަށާއި އެމީހުން ރާއްޖެއެތެރެވުން ހުއްޓުވައި އިންޓަނޭޝަނަލް ކޮންވެންޝަނާއި އެއްގޮތަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

11 މީހަކު ޝަހުސް އޮޅުވާލައިގެން އެތެރެވާން މަސައްކަތް ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން ރާއްޖެއެތެރެވާން މަސައްކަތް ކޮށްފައިވަނީ އެމީހަކާ ވައްތަރު އެހެން މީހުންގެ ޕާސްޕޯޓު ބޭނުންކޮށްގެންނެވެ. މި އަހަރުތެރޭގައި ބެލަރުސް ބަޔަކު ރާއްޖެ ޕާސްޕޯޓް ބޭނުންކޮށްގެން ޓިއުނީޝިއާ އަށް އެތެރެވާން އުޅެނިކޮށް ވަނީ ހައްޔަރު ކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
60%
0%
20%
0%
0%
20%
ކޮމެންޓް