ކ. މާލެ
|
11 ސެޕްޓެންބަރ 2019 | ބުދަ 18:55
ސީރިއާ ސަރުކާރަށް ބާރުދޭ އެމެރިކާގެ އަސްކަރިއްޔާއިން އާންމުންގެ ސަލާމަތަށް އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ހަމަލާ ދޭކަމުގައެވެ.
ސީރިއާ ސަރުކާރަށް ބާރުދޭ އެމެރިކާގެ އަސްކަރިއްޔާއިން އާންމުންގެ ސަލާމަތަށް އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ހަމަލާ ދޭކަމުގައެވެ.
ޓްވިޓަރ
ސީރިއާ
ސީރިއާ ހަނގުރާމައިގައި އެމެރިކާ، ސީރިއާ އަދި ރަޝިއާއިން އަނިޔާވެރިވާކަމަށް ޔޫއެން އިން ބުނެފި
 
މި ހަނގުރާމައިގައި އެތައް ލައްކަ މީހުންގެ ފުރާނަ ގެއްލި 13 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފަ
 
ރަޝިއާއިން ދަނީ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މާރުކޭޓު ތަކުގެ އިތުރުން ދަނޑުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުން
 
އެމެރިކާއިން ސަލާމަތީ ފިޔަވަޅުތައް ނާޅާ ހަމަލާތައް ދިނުމުގެ ސަބަބުން ގިނަ އަދަދެއްގެ އާންމުން ވަނީ މަރުވެފަ

ސީރިއާގެ ދާހިލީ ހަނގުރާމައިގައި ސީރިއާ ސަރުކާރަށް ބާރުދޭ އެމެރިކާ އަދި ރަޝިއާގެ އަސްކަރިއްޔާއިން އަނިޔާވެރިވެފައި ވާކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ބުނެފިއެވެ.

ޔޫއެން އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސީރިއާ ސަރުކާރަށް ބާރުދޭ އެމެރިކާގެ އަސްކަރިއްޔާއިން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ހަމަލާ ދިނުމުގެ ސަބަބުން އާންމުންގެ އެތައް ބަޔަކު މަރުވެފައިވާކަމަށެވެ. އަދި ސަރުކާރަށް ބާރުދޭ ރަށިއާގެ އަސްކަރިއްޔާއިން ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މާރުކޭޓު ތަކުގެ އިތުރުން ދަނޑުތަކަށް އަމާޒުކޮށް ހަމަލާތައް ދޭކަން ފާހަގަ ކުރެވިފައިވާކަމަށް ވެސް ޔޫއެންގެ ކޮމިޝަން އޮފް އިންކުއަރީ އޮން ސީރިއާއިން ނެރިފައިވާ ރިޕޯރޓްގައި ވެއެވެ.

ކޮމިޝަނުން ވަނީ އަސްކަރީ ޖަމާއަތެއް ކަމަށްވާ ހަޔާތް ތަހްރީރް އަލް ޝަމް ވެސް އާންމުންނަށް ނުރައްކާކުރާނެ ގޮތަށް ރޮކެޓް ލޯންޗުކުރާކަމަށް ބުނެފައެވެ. ހަޔާތް ތަހްރީރް އަލް ޝަމް އަކީ އިޑްލިބްގައި ނުފޫޒުގަދަ ހަނގުރާމަ ޖަމާއަތެކެވެ.

އަށް އަހަރުގެ ދިގު މުއްދަތަކަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގައި އެތައް ލައްކަ މީހުންގެ ފުރާނަ ގެއްލި 13 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
50%
25%
0%
25%
ކޮމެންޓް