ކ. މާލެ
|
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 03:11
ސަލްމާން ޚާން
ސަލްމާން ޚާން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ދަބަންގް 3 ގެ ޕޯސްޓަރު ވަރަށް ތަފާތު
 
"ދަބަންގް3" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު 20 ގައި

އެކްޓަރ ސަލްމާން ޚާން ވަނީ އޭނާގެ އަންނަން އޮތް ފިލްމް "ދަބަންގް3" ގެ ފުރަތަމަ ޕޯސްޓަރު ހިއްސާކޮށްފައެވެ.

މި ފިލްމް ވެގެންދާނީ ގިނަ ދުވަސްތަކަކަށްފަހު ޕޮލިސް އޮފިސަރެއްގެ ރޯލް ސަލްމާން އަދާކުރާ ފިލްމަށެވެ. މި ފިލްމްގައިވެސް ސަލްމާން އަދާކުރަނީ ޗުލްބުލް ޕާންޑޭގެ ރޯލެވެ.

ޕޯސްޓަރުގައި ސަލްމާން ފެންނަނީ ނުސާފުކޮށް އޮތް ބިއްލޫރިގަނޑެއްގެ މަތީގައި ހިނގާފައިދާ މަންޒަރެވެ. މި ޝޮޓް ނަގާފައިވަނީ ބިއްލޫރުގަނޑުގެ ތިރިންކަން ފާހަގަ ކުރެވެއެވެ.

މި ޕޯސްޓަރުގައި ސަލްމާން ފެނިގެންދަނީ ކަޅުކުލައިގެ ގަމީހަކާއި ޖިންސެއް ލައިގެން ހުއްޓައެވެ.

ދަބަންގް ސީރީސްގެ ފިލްމްތަކުގައި ފެންނަ ސަލްމާންގެ މަތިމަސް މި ޕޯސްޓާރުގައިވެސް ސަލްމާންގެ ފެނިގެން ދެއެވެ.

މި ޕޯސްޓަރާއި އެކު ސަލްމާން ކޮށްފައިވާ ޓްވީޓްގައި ވަނީ 100 ދުވަހަށް ފަހު ޗުލްބުލް ރޮބިން ޕާންޑޭ އެނބުރި އަންނާނެ ކަމަށާއި މަރުހަބާ ކިއުމަށް އެދިފައެވެ.

"ދަބަންގް3" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު 20 ގައެވެ. މި ފިލްމް ވަނީ ހިންދީ، ޓެމިލް، ތެލުގު އަދި ކަންނަޑާއިން ރިލީޒް ކުރުމަށް ހަމަޖެހިފައެވެ.

"ދަބަންގް3" ގައިވެސް ސަލްމާންގެ އަންހެނުންގެ ރޯލުން ފެނިގެންދާނީ ސޯނާކްޝީ ސިންހާ (ރާއްޖޯ) އެވެ.

ކޮއްކޮގެ ރޯލުން ފެނިގެންދާނީ އަރުބާޒް ޚާން (މާކިޗަންދް ޕާންޑޭ) އެވެ.

މި ފިލްމްގައި މަހޭޝް މަންޖޭކަރުގެ އަންހެން ދަރިފުޅު ސާއީ ސަލްމާންގެ ކުޑައިރުގެ ލޯބިވެރިއެއްގެ ގޮތުގައި ފެނިގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު