ކ. މާލެ
|
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 02:07
އާޓިޔޮމް ޒިޔޫބާ
އާޓިޔޮމް ޒިޔޫބާ
ގެޓީ އިމޭޖަސް
އާޓިޔޮމް ޒިޔޫބާ
އެވަޓަންގެ ހުށަހެޅުން އާޓިޔޮމް ޒިޔޫބާ ރިޖެކްޓްކޮށްފި
 
ޒެނިތު ދޫކޮށްލުމުގެ ވިސްނުމެއް ޒިޔޫބާ މިވަގުތު ނުގެންގުޅޭ

އެވަޓަންގެ ހުށަހެޅުން ރަޝިއާގެ ޒެނިތަށް ކުޅެމުން އަންނަ އާޓިޔޮމް ޒިޔޫބާ ރިޖެކްޓްކޮށްފިއެވެ.

ޒިޔޫބާ ބުނީ، އެވަޓަންއިން އޭނާއަށް ޝައުގުވެރިވުމަކީ ބަލައިގަންނަ ކަމެއް ކަމަށާއި، ނަމަވެސް ޒެނިތު ދޫކޮށްލުމުގެ ވިސްނުމެއް މިވަގުތު ނުގެންގުޅޭ ކަމަށެވެ.

އެގޮތުން އޭނާ ބުނީ، މިދިޔަ ފަހަރުވެސް ކްލަބް ދޫކޮށްލަން ނުވިސްނާ މަޑުކުރުމުން ލީގު ތަށިވެސް ކާމިޔާބުވި ކަމަށާއި، އެއީ އެވަގުތު ނިންމުނު އެންމެ ރަނގަޅު ނިންމުންކަން ދޭހަވާ ކަމަށެވެ.

އުމުރުން 31 އަހަރުގެ ޒިޔޫބާ އޭނާގެ ފުޓުބޯޅަ ކެރިޔަރު ފެށީ 2006 ވަނަ އަހަރު ސްޕާޓަކް މޮސްކޯއިންނެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 166 މެޗުގައި 38 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެޓީމުގައި ހުރެ ޓޮމް ޓޮމްސްކްގެ އިތުރުން ރޮސްޓޮވްއަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފައެވެ.

ޒެނިތަށް ޒިޔޫބާ ބަދަލުވީ 2015 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 138 މެޗުގައި 52 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެ ކްލަބާއެކު ލީގު އަދި ރަޝިއަން ކަޕްގެ އިތުރުން ރަޝިއަން ސުޕަކަޕްވެސް ކާމިޔާބުކޮށްފައެވެ.

މިދިޔަ ސީޒަނުގައި ރަޝިއަން ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޒިޔޫބާ ވަނީ ރަޝިއާ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 37 މެޗުގައި 21 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް