ކ. މާލެ
|
11 ސެޕްޓެންބަރ 2019 | ބުދަ 17:59
ރައީސުލް ޖުމްހޫރިއްޔާ އަލިފުއްޓަށް ވަޑައިގަތުން
ރައީސުލް ޖުމްހޫރިއްޔާ އަލިފުއްޓަށް ވަޑައިގަތުން
ރައީސް އޮފީސް
ރައީސުލް ޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ރ. އަލިފުށްޓަށް ވަޑައިގެންފި
 
މިދަތުރުފުޅުގައި އެރަށު ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ހަނދާނީ ބިނާ ރައީސް ހުޅުއްވައިދެއްވާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ އަލިފުށްޓަށް ވަޑައިގެންފިއެވެ.

ރ. އަތޮޅުގެ ދެ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި ބުދަ ދުވަހު އެ އަތޮޅު އަލިފުށްޓަށް ވަޑައިގެންނެވުމުން އެ ރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އަލިފުށީ ކައުންސިލާއި އެ ރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އެމަނިކުފާނުގެ މި ޒިޔާރަތުގައި ރ. އަތޮޅުގެ އަތޮޅު ކައުންސިލާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

އަލިފުށްޓަށް ރައީސުލްޖުމްރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި އެ ރަށު ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ހަނދާނީ ބިނާ ހުޅުއްވައިދެއްވައި އެ މުނާސަބާ ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް