ކ. މާލެ
|
11 ސެޕްޓެންބަރ 2019 | ބުދަ 18:20
އީސީގެ ފަރާތުން ލާމަރުކަޒީ ޤާނޫނަށް އިސްލާހުތައް ހުށައެޅުއްވުން
އީސީގެ ފަރާތުން ލާމަރުކަޒީ ޤާނޫނަށް އިސްލާހުތައް ހުށައެޅުއްވުން
މަޖިލިސް
އިލެކްޝަންސް ކޮމިޝަން
އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
 
މެމްބަރު ކަމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ 16 ސެޕްޓެންބަރު

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިފިއެވެ.

މި ފުރުސަތު ހުޅުވާފައި ވަނީ ސެޕްޓެމްބަރު 11 ވަނަ ދުވަހުން ފެށިގެން 16 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 ޖެހުމާއި ހަމައަށެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ފުރުސަތު ހުޅުވާފައި މިވަނީ އެ ކޮމިޝަނުގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު 24 ނޮވެންބަރު 2019 އަށް ހަމަވާތީއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ދާދި ފަހުން ވަނީ ލާމަރުކަޒީ ޤާނޫނަށް އިލެކްޝަންސް ކޮމިޝަނުން ހުށައަޅަން ބޭނުންވާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާ ހިއްސާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހާޒިރުވެފައިވާއިރު، އެ ކޮމިޝަނުން ހުށައަޅަން ބޭނުންވާ އިސްލާހުތައް ކޮމިޓީގެ ރައީސް އަހުމަދު ޝަރީފް ވަނީ މަޖިލީހާ ހިއްސާކުރައްވާފައެވެ. އެގޮތުން ޝަރީފް ވިދާޅުވީ، އަންހެނުންގެ ކޮމިޓީ އިންތިހާބު ކުރުމުގައި ޤާނޫނީ ގޮތުން ބާރުވެރި ކުރެވޭނެ ގޮތަކަށް އިންތިޒާމުތައް ކުރަންޖެހޭ ކަމަށާއި، އެގޮތުން ކޮމިޓީގެ ރައީސް ރަށު ކައުންސިލުގެ މެމްބަރަކަށް އިންތިހާބުވާގޮތަށް ޤާނޫނަށް އިސްލާހު ގެންނަންޖެހޭ ކަމަށެވެ.

އޭގެ އިތުރުން، އެ ޤާނޫނުގައި އަތޮޅު/ސިޓީ ކައުންސިލު މެމްބަރު ކަމުގެ މަޤާމު ހުސްވުމާގުޅޭ މާއްދާތަކުގައި ކައުންސިލު މެމްބަރަކު ވަކިވެއްޖެނަމަ ލަސްވެގެން 45 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ މަޤާމަށް މެމްބަރަކު އިންތިހާބުކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، ޝަރީފް ވިދާޅުވީ، އިންތިހާބުތަކާގުޅޭ ކަންކަން ފަސޭހަ އިންތިޒާމެއްގެ ތެރެއިން ގެންދިއުމަށްޓަކައި އެ މުއްދަތު އިތުރުކޮށް، ގިނަވެގެން 90 ދުވަހުގެ މުއްދަތެއް ދިނުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް