ކ. މާލެ
|
11 ސެޕްޓެންބަރ 2019 | ބުދަ 16:53
ޮފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ޮފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
އަބްދުﷲ ޝާހިދު
މިނިސްޓަރ ޝާހިދުގެ ފުރަތަމަ ޗައިނާ ދަތުރު މިމަހު 19 ގައި
 
އެކި ދާއިރާތަކުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވޭ
 
ޗައިނާގެ ސްޓޭޓް ކައުންލަރގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިމަހުގެ 19 އިން 20 އަށް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

މިއީ ފޮރިން މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވިފަހުން މިނިސްޓަރ ޝާހިދު ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ދަތުރުފުޅަކީ ޗައިނާގެ ސްޓޭޓް ކައުންލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ވާންގް ޔީ ގެ ދައުވަތަކަށް މިނިސްޓަރ ޝާހިދު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ޗައިނާގެ ނައިބު ރައީސް ހިޒް ވަންގް ގީޝާންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ޗައިނާގެ ޚާރިޖީ ވަޒީރު މރ ވާންގް ޔީ އާއިއެކު ދެޤައުމުގެ ޒަމާންވީ ގާތް ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާން ހަމަޖެހިފައިވެއެވެ. އަދި އޭގެ އިތުރުން އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރާނެއެވެ.

ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ. އަދި ދިވެހި ސަރުކާރުން އަބަދުވެސް ދަމަހައްޓަމުން އަންނަ 'ވަން ޗައިނާ' ޕޮލިސީގައި ހިފަހައްޓައި، ޗައިނާގެ 'ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް'ގެ ބައިވެރިއެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް