ބުރާސްފަތި 05 ޑިސެންބަރު 2019
09 ދޮށަ
1441 ރަބީޢުލްއާޚިރު 08
ފަތިސް 04:41
އިރުއަރާ 05:58
މެންދުރު 12:00
އަސްރު 15:21
މަޣްރިބް 17:55
އިޝާ 19:12
ކުޅިވަރު - ޔޫތް މިނިސްޓްރީ

ހަތް ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

  • ސަރުކާރުން ދަނީ ކުޅިވަރު ދަނޑުތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން

އަތޫފް އާތިފް
AthifAthoof

ކ. މާލެ 11 ސެޕްޓެންބަރ 2019 | ބުދަ 16:57 6,744

އެގްރިމެންޓްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ރާއްޖެ އޮންލައިން

ހަތް ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓަރ އަހްމަދު މަހްލޫފްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހުއެވެ

މި ރަށްތަކުގެ ތެރޭގައި ހިމެނެނީ ލ. ގަން، ގދ. ތިނަދޫ، ތ. ތިމަރަފުށި، ވ. ކެޔޮދޫ، ހއ. ހޯރަފުށި އަދި އައްޑޫ ސިޓީ ފޭދޫގެ އިތުރުން ފުވައްމުލައް ސިޓީއެވެ

ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އާއި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް އަދި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ބައިވެރިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ މިކަމަކީ މީގެ ކުރިން ޔޫތް މިނިސްޓްރީއިން ނުކުރާ ކަމެއް ކަމަށާއި ފުޓްސަލް ދަނޑުގެ މައްސަލަ ވަނީ ބޮޑުވެފައިކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން ދަނޑުތަކުގެ މަސައްކަތް ކުރަނީ މި ދަނޑުތަކުގެ ބޭނުން ހުރިހާ ޒުވާނުންނަށް ބޭނުން ކުރެވޭނެ ގޮތައްކަމަށެވެ.

މިއީ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާގެ މަސައްކަތަކަށްވާއިރު މި މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް