ކ. މާލެ
|
11 ސެޕްޓެންބަރ 2019 | ބުދަ 15:21
ޗައިނާ އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
ޗައިނާ އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
މިހާރު
ވޯލްޑްކަޕް ކޮލިފިކޭޝަން
ޗައިނާއިން ރާއްޖެ ކޮޅަށް ފަސް ލަނޑު ޖަހައިފި
 
މެޗުން ރާއްޖެ ބަލިވީ 5-0 ގެ ނަތީޖާ އަކުން

ވޯލްޑްކަޕް ކޮލިފިކޭޝަނުގައި ޗައިނާއިން ރާއްޖެކޮޅަށް ފަސް ލަނޑު ޖަހާ ޗައިނާގެ ފެންވަރު ރާއްޖޭގެ ދަނޑުގައި ދައްކައިލައިފިއެވެ.

މި މެޗުން ޗައިނާ މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ބޯޅަ ކޮންޓްރޯލްކޮށް މޮޅަށް ކުޅެމުންދިޔައީ ޗައިނާއިންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި ޗައިނާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރ ވޫ ޝީ އެވެ. މިލަނޑު ޗައިނާ އިން ޖެހީ ރާއްޖޭގެ ކުޅުންތެރިން އަކުރަމް އަށް އަނިޔާ ވެފައިވާ ކަމަށް އެޕީލް ކުރަމުންދިޔަ ވަގުތުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ޒުވާން މިޑްފިލްޑް ލައިން ފެނިގެންދިޔައީ މިސްޓޭކް ހަދަމުންދިޔަ ތަނެވެ. ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 43 ވަނަ މިނެޓުގައި ޗައިނާއިން އިތުރު ލަނޑެއްޖަހާ ލީޑު ފުޅާ ކުރިތަނެވެ. މި ލަނޑު ޗައިނާ އަށް ކާމިޔާބުކޮށްދިނީ ވޫ ލީ އެވެ.

ރާއްޖެއިން ދެވަނަ ހާފަށް ނިކުތީ ބޮޑު ބަދަލަކާއެކުގައެވެ. އެގޮތުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގުގެ ބަދަލުގައި ކުޅެން ނިކުތީ ޒުވާން ކުޅުންތެރިޔާ ހަސަން ނާއިޒް (ދާދު) އެވެ.

ޗައިނާއިން މެޗުގައި ޖެހި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން ޔާން ޝޫއެވެ. އަދި ޗައިނާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީ އަކުން މެޗުގެ 83 ވަނަ މިނެޓުގައި އެލެކްސަންއެވެ. އަދި ޗައިނާއިން ޖެހި ފަސް ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި އެލެކްސަންއެވެ.

މި މެޗުބެލުމަށް ރާއްޖޭގެ އަދި ޗައިނާގެ ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް