ކ. މާލެ
|
11 ސެޕްޓެންބަރ 2019 | ބުދަ 12:37
ތާލިބާން
ތާލިބާން
އަލްޖަޒީރާ
ތާލިބާން
ދެން މަސައްކަތް ކުރާނީ އެމެރިކާއާއި ދެކޮޅަށް: ތާލިބާން
 
ތޯލިބާނުން މިހެން ބުނެފައިވަނީ ޑޮނާލްޑް ޓްރަމްޕް ތޯލިބާނުންގެ އިސްވެރިންނާއި އެކު ބޭއްވުމަށް ހަމަޖެހުނު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ނުގެންދަވާނެ ކަމަށް ވިދާޅުވެފައިވަނިކޮށް

އެމެރިކާއާއި ދެކޮޅަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ތާލިބާނުން ބުނެފިއެވެ.

ތާލިބާނުން މިހެން ބުނެފައިވަނީ އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް ތާލިބާނުންގެ އިސްވެރިންނާއި އެކު ކުރަން ހަމަޖެހުނު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ނުގެންދަވާނެ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.

ތާލިބާނުގެ ތަރުޖަމާނު ޒަބިއުއްﷲ މުޖާހިދު އާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ސުލްހައިގެ މަޝްވަރާތައް ކުރުން ހުއްޓާލުމަށް ނިންމި ނިންމުމަށް އެމެރިކާއިން ހިތާމަކުރާނެ ކަމަށެވެ. އޭނާ ބުނެފައިވަނީ ޓްރަމްޕް ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދަން ބޭނުންނުވާ ނަމަ އޭނާ އެކަމާ ފަހުން ހިތާމަ ކުރަންޖެހޭނެ ކަމަށެވެ.

ތާލިބާނުންގެ އިސްވެރިންނާއި އެކު ސުލްހައިގެ މަޝްވަރާ ކުރަން ނުފެންނަ ކަމަށް ޓްރަމްޕް ނިންމާފައިވާއިރު އޭނާ މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓުތަކުގައި ވަނީ ތާލިބާނުގެ އިސްވެރިންނާއެކު ބާއްވަން ހަމަޖެހުނު ބައްދަލުވުން ކުރިއަށް ނުގެންދަވާނެ ކަމަށެވެ.

ސުލްހަވެރިކަމުގެ މަޝްވަރާއެއް ބާއްވަން ހަމަޖެހުނީ ކާބުލްގައި ތާލިބާނުން ހަމަލާދީ، އެމެރިކާގެ ސިފައިންގެ މީހަކު މަރުވުމާއި ގުޅިގެންނެވެ. ހަމަލާގައި ވަނީ އިތުރު 11 މީހަކު މަރުވެފައެވެ. އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ޖާނުން ފިދާވެގެންނާއި ބޮން ގޮއްވައިގެން ދީފައިވާ ހަމަލާގައި 12 މީހުން މަރުވެ 43 މީހަކު ޒަހަމްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
9%
0%
9%
0%
9%
73%
ކޮމެންޓް