ބުދަ 18 ސެޕްޓެންބަރ 2019
12 އުތުރަ
1441 މަހައްރަމް 19
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17
ވިޔަފާރި - އައިފޯން 11

އައިފޯން 11 ދައްކާލައިފި

  • އެޕަލްއިން އައިފޯން 11 ދައްކާލާފައިވާ އެ ފޯނު ވިއްކަން ފަށާފައިވަނީ 699 ޑޮލަރަށް
  • އެއް ފީޗަރ އެއް ކަމުގައި ވެގެންގޮސްފައިވަނީ އޭގެ އެއް ކަނުގައި ހިމެނޭ "އަލްޓަރާވައިޑް" ކެމެރާ

ޝަރޫނާ އަބްދުﷲ
AbdullaSharoona

ކ. މާލެ 11 ސެޕްޓެންބަރ 2019 | ބުދަ 08:06 6,126

އައިފޯން 11 - އާކައިވް

ފޯނު އުފެއްދުމުގައި ނަން މަޝްހޫރު ކުންފުނި، އެޕަލްއިން އެ ކުންފުނީގެ އެންމެފަހުގެ އުފެއްދުން ކަމުގައިވާ އައިފޯން 11 ދައްކަލައިފިއެވެ.

އެޕަލްއިން އައިފޯން 11 ދައްކާލާފައިވާ އެ ފޯނު ވިއްކަން ފަށާފައިވަނީ 699 ޑޮލަރަށެވެ.

އައިފޯން 11 ގެ ކުރިން ނެރުނު މޮޑެލްއާއި ދާދި ވައްތަރު ނަމަވެސް މި ފޯނުގައި އާ ކެމެރާ އޮޕްޝަންތައް ހިމެނިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އިތުރު ކުލަތައްވެސް ވަނީ ހިމަނާފައެވެ.

އައިފޯނުގައި ހިމެނޭނެ ކަމަށް ގިނަ ބަޔަކު ބުނި ފީޗަރތައް މަދުކަން ފާހަގަކޮށްލެވެއެވެ. އަދި މި ފޯނާއެކު އެ ކުންފުނިން އެންމެ ފަހުން އުފެއްދި ގަޑިވެސް ވަނީ ބާޒާރަށް ނެރެފައެވެ.

އައިފޯން 11 ގެ އެންމެ މޮޅު އެއް ފީޗަރ އެއް ކަމުގައި ވެގެންގޮސްފައިވަނީ އޭގެ އެއް ކަނުގައި ހިމެނޭ "އަލްޓަރާވައިޑް" ކެމެރާއެވެ.

އެޕަލް ކުންފުންޏަކީ ގިނަބަޔަކު އެ ކުންފުނީގެ އުފެއްދުންތައް ބަލައިގަންނަ ދުނިޔޭގެ އެންމެ ކާމިޔާބު ވިޔަފާރިއެއް ހިންގާ އެއް ކުންފުންޏަށްވާއިރު އައިފޯން ސީރީސްގެ އެންމެ ފަހު ފޯން، އައިފޯން 11 މާކެޓަށް ނިކުތުން ވެގެންގޮސްފައިވަނީ ގިނަބަޔަކަށް ބޮޑު އުފަލެއް ގެނުވި ކަމަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް