ކ. މާލެ
|
11 ސެޕްޓެންބަރ 2019 | ބުދަ 16:52
ދިވެހި ސަޕޯޓަރުން
ދިވެހި ސަޕޯޓަރުން
އިމޭޖަސް.އެމްވީ
ދިވެހި ފުޓްބޯޅަ
އެއް ލައްކަ ރުފިޔާގެ ބަހުސާއެކު ސަރުކާރަށް ފާޑުކިޔުންތަކާއި، ތައުރީފް!
 
ހަމައެކަނި ފުޓްބޯޅައަށް މިލިއަންނުން ހަރަދުކުރަން ނުޖެހޭނެ ކަމަށް ބައެއް މީހުން ބުނޭ
 
ހަރަދުތައް ބޮޑުވެ ޒަރޫރީ ބޭނުންތައް ނުފުދޭ ދިވެހިން އުޅޭ

މިއަދު މުޅި ރާއްޖޭގައި އޮތީ އެއްލައްކަ ރުފިޔާގެ ބަހުސްއެވެ. ސޯޝަލް މީޑިއާއިން ގޮސް، ގޭތެރެއިންނާއި، އޮފީސް ތެރެއިންނާ ދެރަށް ރަހުމަތްތެރިން އެއްތަން ވިޔަސް އެއްލައްކަ ރުފިޔާގެ ވާހަކަ ނުދައްކާ ނުދާނެއެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ރާއްޖެ ބޮޑުތަނުން ބަލިވެގެން ދިޔައީ ވެސް މިއެލައްކަ ރުފިޔާގެ ސަބަބުން ކަމަށް ގިނަ މީހުން ބުނެއެވެ.

އަންގާރަ ދުވަހުގެރޭ ވޯލްޑް ކަޕުގެ ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ގައުމީ ޓީމު ބަލި ނުވެ މެޗު ނިންމާލައިފި ނަމަ، ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް އެއް ލައްކަ ރުފިޔާގެ ބޯނަސްއެއް ދޭނެކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވި ހިސާބުން މެޗްގެ ފޯރިގަނޑު ދިޔައީ އެއްލައްކަ ރުފިޔާއަށްށެވެ.

އެއްލައްކަ ރުފިޔާ ބަހުސްއަކަށްވެ، އެއްބަޔަކު ދިޔައީ ގައުމީ ފުޓްބޯޅަ ޓީމް ބަލިވުމަށް އެދިއެދިއެވެ. ދައުލަތުން 2،300،000 ރުފިޔާ ދިނުމަށް އެތައް ރައްޔިތަކު ދިޔައީ ދެކޮޅު ހަދަމުންނެވެ. ގައުމީ ޓީމްގެ 23 ކުޅުންތެރިންގެ ކޮންމެ ކުޅުންތެރިއަކަށް އެއްލައްކަ ރުފިޔާ ދޭން ނުޖޭހޭނެ ކަމަށް އެމީހުން ދެކެއެވެ. އަދި ފުޓްބޯޅައަށް ހަމައެކަނި މާބޮޑު ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށާއި، ގައުމުގައި ކުރުމަށް މާ މުހިންމު ކަންތައްތަކުގެ ވާހަކަތައް އޮއްސާލީ ހަމަ ފުންޏަކަށެވެ.

ސިއްހީ ގޮތުން އިތުރުފަރުވާ ބޭނުންވާ މީހުންނާއި، ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އުމްރާނީ ތަރައްގީގެ އެކިކަންކަމަށް ސަރުކާރުން މިފައިސާ ހަރަދުކުރުން މާ ބުއްދިވެރިކަމަށް ބުނެ ގިނަ ފާޑުކިޔުންތައް އަމާޒުވިއެވެ. އަދި އާންމު ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ ޒަރޫރީ ބޭނުންތައް ނުފުދޭ ގިނަ ދިވެހިން ދިރިއުޅެމުންދާ ކަމަށާއި، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

ހަމައެއާއެކު ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ސަރުކާރުން ނިންމި ރަނގަޅު ނިންމުމެއް ކަމަށް ބުނެ ގިނަ ބަޔަކު ދިޔައީ ތައުރީފް ވެސް ކުރަމުންނެވެ. ފާއިތުވެދިޔަ ސަރުކާރުން ފުޓްބޯޅަ ކުރިއެރުވުމަށް މާބޮޑު މަސައްކަތެއް ނުކުރި ނަމަވެސް މިސަރުކާރުން ޚާއްސަ ސަމާލުކަމެއްދޭ ކަމަށްށާއި، ފުޓްބޯޅައަށް ދޭ ސަމާލުކަމަކީ މީގެ ކުރިން މިކުޅިވަރަށް އައި ޖޯޝާފޯރި އަންނާނެ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

މީހަކު ފޭސްބްކްގައި ކޮށްފައިވާ ޕޯސްޓެއް

90 މިނެޓް ވަންދެން ކުޅުނު މެޗްގައި ޗައިނާ ޓީމް ރާއްޖެއާ ދެކޮޅަށް 05 ލަނޑު ކާމިޔާބުކުރުމުން ޝުކުރުއަދާކުރި ދޫތައް މަދެއް ނޫނެއެވެ. މީގެ ކުރިން ދިވެހި މިނިވަން ފަޒާ އެކީގައި ގައުމީ ޓީމަށް އެއް އަޑަކުން ހިތްވަރު ދިން ނަމަވެސް މިއަދު އެއަޑު އޮތީ ދެބަޔަކަށް ބެހި ދިވެހިންގެ އަމިއްލަ ގައުމުގައި އުޅުނު އެމެޗްގައި ދިވެހިން ދިވެހިންގެ ޓީމާއި ދެކޮޅަށް މިވަނީ ސަޕޯޓްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި