ހޮނިހިރު 25 ޖެނުއަރީ 2020
7 ހުވަން
1441 ޖުމާދަލްއޫލާ 30
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33
ރާއްޖެ - ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޕްލޭނެއް ނެތި: މެނޭޖިން ޑިރެކްޓަރު

  • ޕްރޮޖެކްޓްތައް ހިންގާފައިވަނީ ވަކިބަޔަކަށް މަންފާ ލިބޭ ގޮތަށް
  • އިކުޕްމެންޓްތައް ވެސް ގަނެފައި ހުރީ އެއްވެސް ޕްލޭނެއް ނެތި

އަމްނާ އިމާދު
amnabinthimad

ކ. މާލެ 11 ސެޕްޓެންބަރ 2019 | ބުދަ 08:22 4,528

ހުޅުމާލެ ހޮސްޕިޓަލް - ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެއްވެސް ޕްލޭނެއް ނެތި ވަކި ބަޔަކަށް ނާޖާއިޒް މަންފާތަކެއް ލިބޭ ގޮތަށް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަރިޔަމް ޝަފީގް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ''މަގޭ ކުންފުނި'' ޕްރޮގްރާމްގައި މެނޭޖިން ޑިރެކްޓަރު މަރިޔަމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ ގިނަ ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށާއި، ނަމަވެސް އަމަލީ މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

ހޮސްޕިޓަލަކީ މާސްޓަރ ޕްލޭނެއް އޮވެގެން އެޕްލޭނެއްގެ ދަށުން ޑިވެލޮޕްކޮށް ހިންގަންޖެހޭ ތަނަކަށްވާއިރު، ހުޅުމާލެ ހޮސްޕިޓަލް ހިންގާފައިވަނީ އެއްވެސް ޕްލޭނެއް ނެތި ވަކި ބަޔަކަށް ނާޖާއިޒް މަންފާތަކެއް ލިބޭ ގޮތަށް ކަމަށް މަރިޔަމް ވިދާޅުވިއެވެ.

އެހެން ނަމަވެސް ރަނގަޅަށް ކުރިއަށް ގެންގޮސްފިއްޔާ ހޮސްޕިޓަލަށް އަދި ރައްޔިތުންނަށް ފައިދާކުރުވަނިވި ޕްރޮޖެކްޓްތައް ވެސް ޖެއްސިފައި އެބަހުރި. މިސާލަކަށް ހުޅުމާލެ ހޮސްޕިޓަލުގެ ކެންސަރ ފަރުވާދޭ ކްލިނިކެއް ގާއިމްކުރުން. އެއީ ހަމަ ވަރަށް ރަނގަޅަށް ކޮށްފައިހުރި ކަމެއް. އަދިހަމަ އެހެންމެ ހޮސްޕިޓަލުގައި 3 ފަންގިފިލާގެ އިމާރާތެއް އަޅާ ނިމިފައި އެބަހުރި. އެހެން ނަމަވެސް އެތަނުގެ ބޭނުން ހިފަންފެށިފައި ނެތް.

~ މަރިޔަމް ޝަފީގް

މަރިޔަމް ވިދާޅުވީ އިމާރާތް ތެރޭގައި ބައެއް އަގުބޮޑެތި އިކުޕްމެންޓްތައް އެބަހުރި ކަމަށާއި، ނަމަވެސް އެބޭނުން ނުކުރާ ކަމަށެވެ. އަދި އިކުޕްމެންޓްތައް ވެސް ގަނެފައި ހުރީ އެއްވެސް ޕްލޭނެއް ނެތި ކަމަށާއި، ފައިސާ ދައްކާފައިވާ ބައެއް އިކުޕްމެންޓްތައް ވެސް ނެތް ކަމަށެވެ.

މީގެ އިތުރުން މަރިޔަމް ވިދާޅުވީ ހޮސްޕިޓަލުގެ އެކި ތަންތަން ރީ-ޑިޒައިންކޮށްފައިވާއިރު އެތަންތަން ރީ-ޑިޒައިންކުރުމަށް ހަވާލުކޮށްފައި ހުރީ ވެސް އެމަސައްކަތް އެންމެ އެކަށީގެންވާ ކުންފުނިތަކާ ނޫން ކަމަށެވެ.

ހެދިފައި ހުރި އެއްބަސްވުންތައް ވެސް ބެލިބެލުމުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އަނެއްކަމަކީ މައިގަނޑު ތިން ގުރޫޕެއްގެ އެކި ނަންނަމުގައި ހުރި ކުންފުނިތަކަކަށް ޕްރޮޖެކްޓްތައް ހަވާލުކޮށްފައި ހުރިކަން. އެހެންކަމުން އެއީ ހަމަ ސީދާ ވަކި ބަޔަކަށް ނާޖާއިޒް ފައިދާތަކެއް ހޯދައިދިނުމަށް ކޮށްފައިހުރި ކަންކަމުގެ ގޮތުގައި ބެލެވެނީ.

~ މަރިޔަމް ޝަފީގް

މަރިޔަމް ވިދާޅުވީ އާސަންދަ ކުންފުންޏާ ހަވާލުވެ މަސައްކަތްތައް ފަށައިގަތްއިރު، ކުންފުނީގެ ދަށުން ހިންގާ ހުޅުމާލެ ހޮސްޕިޓަލްގެ ހާލަތު ވަރަށް ދަށް ކަމަށާއި، އެންމެ އާދައިގެ ޓެސްޓްތައް ވެސް ނުހެދޭ ކަމަށެވެ. ނަމަވެސް މިހާރު ހޮސްޕިޓަލްގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް