ކ. މާލެ
|
10 ސެޕްޓެންބަރ 2019 | އަންގާރަ 22:44
ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޮލްޓަން ރައީސް ޓްރަމްޕާ ސަލާމް ކުރައްވަނީ
ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޮލްޓަން ރައީސް ޓްރަމްޕާ ސަލާމް ކުރައްވަނީ
ވޮޝިންގްޓަން ޓައިމްސް
އެމެރިކާ
ޖޯން ބޯލްޓަން މަގާމުން ވަކިކޮށްފިން: ޓްރަޕްމް
 
މަގާމުން ވަކި ކުރެއްވީ އަންގާރަ ދުވަހު

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން އާ ހިޔާލު ތަފާތުވުން ތަކެއް އުފެދި، އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވީ، ބޯލްޓަންގެ ހިދުމަތް އިތުރަށް އިތުރަށް ބޭނުންނުވާކަން އޭނާ އަށް އަންގާފައިވާނެ ކަމަށާއި، އޭނާ ހުށައަޅުއްވާ ގިނަ ހިޔާލުތަކަކީ އެއްބަސްވެ ވަޑައިގަންނަވާ ހިޔާލުތަކަކަށް ނުވާހިނދު އެމަގާމުގައި ހުންނަވަން ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ޖޯންގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޖޯންގެ ހިދުމަތަށް ޝުކުރު އަދާކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އެ މަގާމަށް އައްޔަން ކުރައްވާ ބޭފުޅެއްގެ ނަން އަންނަ ހަފްތާގައި އިއުލާން ކުރައްވާނެ ކަމަށެެވެ.

ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގެ ދުވަސްވަރުގައި ވެސް ސަރުކާރުގެ އިސްމަގާމު ތަކެއް އަދާކުރެއްވި ބޯލްޓަން ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ އަށްވަނަ ދުވަހުއެވެ. ރިޕަބްލިކަން ޕާޓީއަށް ނިސްބަށްވެ ވަޑައިގަންނަވާ ބޯލްޓަން ވަނީ، އެމެރިކާއިން އދ. އަށް ކަނޑައަޅަފައިވާ އެމްބެސަޑަރުގެ މަގާމު އަދާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
60%
0%
40%
0%
0%
ކޮމެންޓް