ހުކުރު 28 ފެބުރުއަރީ 2020
ފުރަބަދުރުވަ 2
1441 ރަޖަބު 05
ފަތިސް 05:05
އިރުއަރާ 06:16
މެންދުރު 12:23
އަސްރު 15:36
މަޣްރިބް 18:21
އިޝާ 19:33
ވިޔަފާރި - މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް

މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެސްޓީއޯ

  • މި ކޮންފަރެންސް އޮންނާނީ ސެޕްޓެމްބަރު މަހުގެ 17 ން 19 އަށް
  • މި ކޮންފަރެންސަކީ އޭޑީކޭ ހޮސްޕިޓަލް އިން ހިންގާ މި ސިލްސިލާގެ ތިންވަނަ ކޮންފަރެންސް

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 10 ސެޕްޓެންބަރ 2019 | އަންގާރަ 22:59 2,486

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ޑރ ރެޑީސް އިން އޭޑީކޭއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން - އެސްޓީއޯ

މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ޕްލެޓިނަމް ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2019 ގެ ޕްލެޓިނަމް ސްޕޮންސަރަކަށްވުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ޑރ ރެޑީސް އިން އޭޑީކޭއާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަންގާރަ ދުވަހު އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައި އޭޑީކޭގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަފްޢާލް ސޮއިކުރައްވާފައިވާއިރު އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ސެކްރެޓަރީ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހުއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯ ސާރޖަން ޓީމުން އިސްނަގައިގެން ބާއްވާ މި ކޮންފަރެންސްގެ މަގުސަދަކީ އެ ދާއިރާގެ ރިސާރޗް ތަކާއި އައު ހޯދުންތަކާއި ކުރިއެރުންތައް ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ މެދުގައި ހިއްސާކުރުމުގެ ފުރުސަތެއް ހޯދައި ދިނުމެވެ.

އެސްޓީއޯ އިން ބުނީ މިފަދަ ކޮންފަރެންސެއްގައި ބައިވެރިވުމުގެ މަގްސަދަކީ ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރެވޭ މިފަދަ ކަމެއްގައި އެ ކުންފުންޏަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 17 ން 19 އަށް ބާއްވާ މި ކޮންފަރެންސަކީ އޭޑީކޭ ހޮސްޕިޓަލް އިން ހިންގާ މި ސިލްސިލާގެ ތިންވަނަ ކޮންފަރެންސެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް