ކ. މާލެ
|
10 ސެޕްޓެންބަރ 2019 | އަންގާރަ 17:46
ގައުމީ ޓީމާއި މިނިސްޓަރ ބައްދަލު ކުރެއްވުން
ގައުމީ ޓީމާއި މިނިސްޓަރ ބައްދަލު ކުރެއްވުން
ޓްވިޓަރ
ގައުމީ ފުޓުބޯޅަ ޓީމު
މެޗުން އެއްވަރުވި ކަމުގައި ވިޔަސް އެއްލައްކަ ރުފިޔާ ކޮންމެ ކުޅުންތެރިޔަކަށް ދޭނަން: މަހްލޫފް
 
މެޗު ބެލުމަށް ރައީސް ވަޑައިގަންނަވާނެ

ވޯލްޑްކަޕް ކޮލިފިކޭޝަނުގައި ރާއްޖެ އަދި ޗައިނާ ބައްދަލުކުރާ މެޗުން ރާއްޖެ އެއްވަރުވި ކަމުގައި ވިޔަސް ކޮންމެ ކުޅުންތެރިޔަކަށް އެއްލައްކަ ރުފިޔާ ދޭނެ ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅު ވެއްޖެއެވެ.

މިނިސްޓަރ މަހްލޫފް މިހެން ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމާއިއެކު ހޮޓެލް ޖެންގައި އަންގާރަ ދުވަހު ބައްދަލު ކުރައްވަމުންނެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މި މެޗުގެ ކަންކަން ވަރަށް ގާތުން ބައްލަވަމުންދާ ކަމަށާއި މި މެޗު ބެއްލެވުމަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށެވެ. މީގެ އިތުރުން މަހްލޫފް ވިދާޅުވީ މި މެޗުން އެއްވަރުވި ކަމުގައި ވިނަމަވެސް ކޮންމެ ކުޅުންތެރިޔަކަށް އެއްލައްކަ ރުފިޔާ ބޯނަސްގެ ގޮތުގައި ދޭނެކަމަށެވެ.

މި ބައްދަލުވުމުގައި ގައުމީ ޓީމުގެ ކޯޗު ސެގާޓް ބުނީ މިނިސްޓަރ މަހްލޫފް ޓީމާއި މި ގޮތަށް ބައްދަލުކޮށްލުމީ ޓީމަށް ލިބޭ ބޮޑު ޝަރަފެއް ކަމަށާއި، އަޝްފާގު ގައުމީ ސްކޮޑުގައި ހިމެނުމީ ޓީމު އިތުރަށް ވަރުގަދަވި ކަމެއް ކަމަށެވެ. އަދި މިވަގުތު މިއޮތް ޓީމަކީ މިހާރު ރާއްޖެއިން ނެގެން އޮތް އެންމެ ވަރުގަދަ ސްކޮޑް ކަމަށް ސެގާޓް ބުންޏެވެ.

މި ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް ބުނީ މި މެޗުން ސަޕްރައިޒިންގް ނަތީޖާއެއް ނެރެން ރާއްޖޭގެ ޓީމު މަސައްކަތް ކުރަމުން އަންނައިރު މިކަމުގެ ފަހަތުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭން ތިބިކަން ސާބިތުވެއްޖެ ކަމަށާއި މި މެޗުން އެއްވަރުވެއްޖެ ނަމަ އެފްއޭއެމް އިން ވެސް ބޯނަސްއެއް ދޭނެ ކަމަށެވެ. އަދި މި މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ކުޅުންތެރިން މަސައްކަތް ކުރުމަށް ބައްސާމް ވަނީ ނަސޭހަތްތެރި ވެފައެވެ.

ރާއްޖެ އާއި ޗައިނާ ބައްދަލުކުރާ މެޗު އޮންނާނީ އަންގާރަ ދުވަހުގެރޭ 20:00 ގައެވެ. މި މެޗުގެ ޓިކެޓުތައް މިހާރުވަނީ ވިކި ހުސްވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
15%
0%
8%
31%
31%
15%
ކޮމެންޓް
10 ސެޕްޓެންބަރ 2019 | އަންގާރަ 20:25
ދަޅަުސީމާ
އަނެއް ކަންތައް ޖެހުނީ މާއަވަހައް ފޮނިކަޑަން ފެށީ ..މިމިނިސްޓަރު އައިސްގެން އުޅޭނީ މަތިން ތަ؟