ކ. މާލެ
|
10 މާރޗް 2017 | ހުކުރު 16:59
ސަމިރާ ހަލޭޤާ
ސަމިރާ ހަލޭޤާ
ގޫގުލް
ފަލަސްތީން-އިޒްރޭލް
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
 
2007 އިން ފެށިގެން ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް ވަނީ ހުއްޓިފައި

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފިއެވެ.

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރެއް ކަމަށްވާ ސަމީރާ ހަލޭގާ މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރީ ހުޅަނގު އައްސޭރީގެ ހަބްރޫންގައި ހުންނަ އޭނާ ގޭގައި ހުންނަވަނިކޮށް ކަމަށް ފަލަސްތީނުގެ ސަލާމަތީ ފަރާތްތަކާއި އިޒްރޭލުގެ ސަލާމަތީ ފަރާތްތަކުން ބުނެއެވެ.

ސަމިރާ ހަލޭޤާ އަކީ ހަމާސްއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރަކަށްވާއިރު އޭނާ ހައްޔަރުކުރިކަން އިޒްރޭލުގެ ޖާސޫސީ އިދާރާއިން ކަށަވަރު ކޮށްދިން ނަމަވެސް އިތުރު މައުލޫމާތެއް ދިނުމަށް ވަނީ އިންކާރުކޮށްފައެވެ. ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ ހަރަކާތްތައް 2007 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާއިރު، 132 މެމްބަރުން ތިއްބަވާ ޕާލަމެންޓްގެ 9 މެމްބަރަކު އިޒްރޭލުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

2007 އިން ފެށިގެން ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާއިރު އޭގެ ފަހުން އިންތިޚާބެއްވެސް ބާއްވާފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް