އާދީއްތަ 23 ފެބުރުއަރީ 2020
ހިޔަވިހާ 10
1441 ޖުމާދުލް އާހިރަތު 29
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34
ލުއި ޚަބަރު - އަދިތްޔާ ރޯއި ކަޕޫރް

އަދިތްޔާ ކަޕޫރް އަންނަ އަހަރު ކައިވެނި ކުރަނީ

  • ރައްޓެހިވެގެން އުޅޭތާ ދުވަސްތަކެއްވެއްޖެ

އަލީ ސަމާޚް
AliSamah8

ކ. މާލެ 10 ސެޕްޓެންބަރ 2019 | އަންގާރަ 17:43 3,007

އަދިތްޔާ ކަޕޫރް ލޯބިވެރިޔާއާ އެކު ރެސްޓޯރެންޓަކުން ނިކުންނަނީ - އިންޑިޔާ ޓުޑޭ

''އާޝިގީ 2'' އިން ގިނަ ބައެއްގެ މަގޫބުލްކަން ހޯދާފައިވާ އަދިތްޔާ ރޯއި ކަޕޫރް އަންނަ އަހަރު ކައިވެނި ކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އިންޑިއާގެ މުނިފޫހީފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫހެއްގައި ބުނެފައިވާ ގޮތުން އަދިތްޔާ އޭނާގެ ލޯބިވެރިޔާ ދިވާ ދަވަންއާ އަންނަ އަހަރު ކައިވެނި ކުރަން ވަނީ ނިންމާފައެވެ.

އަދިތްޔާ އާއި ދިވާ ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ދެމީހުން އެކުގައި ޕާޓީތަކާއި ހަފްލާތަކުން ވަނީ ފެނިފައެވެ. ''ކޮފީ ވިތް ކަރަން'' ޝޯ ގައި ދިވާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަދިތްޔާ ބުނެފައިވަނީ ދިވާއާ ދިމާވީ އަހަރުތަކެއް ކުރިން ފެޝަން ޝޯ އަކުން ކަމަށެވެ. އަދި އޭގެ ފަހުން ދެމީހުންގެ ދެމެދު އޮންނަނީ ގާތްގުޅުމެއް ކަމަށް އޭނާ ބުންޏެވެ. އަދިތްޔާ ވަނީ މީގެ ކުރިން އާޝިގީގެ ތަރި ޝްރައްދާ ކަޕޫރްއާ ވެސް ރަށްޓެހިވެފައެވެ. އަދިތްޔާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މިއަހަރު ޖުލައި މަހު ނެރޭ '' ސަޅަކް 2'' ފިލްމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް