ކ. މާލެ
|
10 ސެޕްޓެންބަރ 2019 | އަންގާރަ 17:05
އެމަޒޮން ޖަންގަލީގެ ވައި ވަނީ ވަރަށް ބޮޑަށް ތަގައްޔަރުވެފަ
އެމަޒޮން ޖަންގަލީގެ ވައި ވަނީ ވަރަށް ބޮޑަށް ތަގައްޔަރުވެފަ
ގެޓީ އިމޭޖަސް
އެމަޒޮން ޖަންގަލި
ޔޫރަޕްގެ ސްޕޭސް އެޖެންސީއިން އެމަޒޮންގެ އެއަރ ޕޮލިއުޝަން ރިކޯޑްކޮށްފި
 
މިއަހަރުގެ މިހާތަނަށް ބްރެޒިލްގައި 100،000 އަށް ވުރެ ގިނަ އަލިފާނުގެ ހާދިސާތައް ވަނީ ހިނގާފަ
 
ޖަންގަލީގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ޖަންގަލިން ވަނީ ގިނަ އަދަދެއްގެ ކާބޮންޑައިއޮކްސައިޑް ޖައްވަށް ދޫކޮށްފަ
 
އޮގަސްޓް މަހު އެ ސަރަހައްދުގައި ކާބޮންމޮނޮކްސައިޑާ ވިހަ ގޭސްތައް ވަނީ އިތުރުވެފަ

ޔޫރަޕްގެ ސްޕޭސް އެޖެންސީއިން ހޯމަ ދުވަހު އާންމު ކުރި ފޮޓޯތައް ދައްކާގޮތުން އެމަޒޮން ޖަންގަލީގެ ވައި ވަނީ ވަރަށް ބޮޑަށް ތަގައްޔަރުވެފައެވެ.

މިހާ ބޮޑަށް ވައި ތަގައްޔަރުމިވީ ފާއިތުވި މަހު އެމަޒޮން ޖަންގަލީގައި އަލިފާންރޯވުމާ ގުޅިގެންނެވެ. އެހެން މަސްމަހާ އަޅާބަލާއިރު އޮގަސްޓް މަހު އެ ސަރަހައްދުގައި ކާބޮންމޮނޮކްސައިޑާ ވިހަ ގޭސްތައް އިތުރުވެފައިވާ ކަމަށް އޮގަސްޓް މަހުގެ ގިނަ ފޮޓޯތައް ދައްކައެވެ.

މިކަމާ ގުޅިގެން ޔޫރަޕްގެ ސްޕޭސް އެޖެންސީއިން ބުނީ ޖަންގަލީގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ޖަންގަލިން ވަނީ ގިނަ އަދަދެއްގެ ކާބޮންޑައިއޮކްސައިޑް ޖައްވަށް ދޫކޮށްފައި ކަމަށެވެ. މީގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށާއި ސިއްހަތަށް އަސަރުކުރާނެ ކަމަށް އެޖެންސީއިން ބުނެއެވެ.

ބްރެޒިލްގެ ރައީސް ޖައިރް ބޮލްޒޮނަރޯގެ އަމުރަށް ބިން ހުސްކުރުމަށް އެމަޒޮން ޖަންގަލީގައި ރޯކުރަމުން ދިޔަ އަލިފާން 60 ދުވަހުގެ މުއްދަތަކަށް ހުއްޓާލާފައިވީ ނަމަވެސް ޖަންގަލީގައި އަލިފާންގަނޑު ދަނީ ފެތުރެމުންނެވެ.

ބްރެޒިލްގެ ނެޝަނަލް އިންސްޓިޓިއުޓް ފޮރ ސްޕޭސް ރީސަރޗް އިން ބުނާގޮތުން މިއަހަރުގެ މިހާތަނަށް ބްރެޒިލްގައި 100،000 އަށް ވުރެ ގިނަ އަލިފާނުގެ ހާދިސާތައް ވަނީ ހިނގާފައެވެ. މިއީ ފާއިތުވި އަހަރުގެ މިހާތަނާ އަޅާބަލާއިރު 45 އިންސައްތައިގެ އިތުރުވުމެކެވެ.

ރިއޯ ޑި ޖަނެއިރޯ ފެޑެރަލް ޔުނިވަރސިޓީގެ މީޓިއޮރޮލޮޖީ ޑިޕަރޓްމެންޓްގައި މަސައްކަތްކުރާ ޕޮރޮފެސަރެއް ކަމަށްވާ، ރެނާޓާ ލިބޮނާޓީ ވަނީ އަލިފާނުގެ ސަބަބުން ޖައްވަށް ދޫކުރި ވިހަ ގޭސްތަކުގެ އިތުރުން އިތުރު މާއްދާތައް ފެތުރިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
50%
0%
50%
0%
0%
0%
ކޮމެންޓް