ހުކުރު 28 ފެބުރުއަރީ 2020
ފުރަބަދުރުވަ 2
1441 ރަޖަބު 05
ފަތިސް 05:05
އިރުއަރާ 06:16
މެންދުރު 12:23
އަސްރު 15:36
މަޣްރިބް 18:21
އިޝާ 19:33
ކުޅިވަރު - ގައުމީ ޓީމު

ޖޯމާ ދޫކޮށް ކެލްމޭ ބްރޭންޑްގެ ޖާޒީ ބޭނުންކުރަން ފަށައިފި

  • ކެލްމާ ބްރޭންޑްގެ ޖާޒީ ރަސްމީކޮށް އިފްތިތާހް ކުރާނީ އަންގާރަ ދުވަހުގެ ރޭ

އަތޫފް އާތިފް
AthifAthoof

ކ. މާލެ 10 ސެޕްޓެންބަރ 2019 | އަންގާރަ 16:38 5,033

ގައުމީ ޓީމުގެ ފަރިތަކުރުން ތަކުގެ ތެރެއިން - އެފްއޭއެމް

ގައުމީ ފުޓުބޯޅަ ޓީމުން ބޭނުން ކުރަމުން އައި ޖޯމާ ބްރޭންޑްގެ ޖާޒީ ދޫކޮށް ސްޕެއިންގެ ބްރޭންޑްއެއް ކަމަށްވާ ކެލްމޭ ބްރޭންޑްގެ ޒާޒީ ބޭނުންކުރަން ފަށައިފިއެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި އަންގާރަ ދުވަހުގެރޭ ޗައިނާއާ ދެކޮޅަށް ބައްދަލުކުރާ މެޗުގެ ފަރިތަކުރުންތަކުގައި ރާއްޖޭގެ ގައުމީ ޓީމުން ބޭނުން ކޮށްފައިވަނީ ކެލްމޭ ބްރޭންޑްގެ ޖާޒީއެވެ.

2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ބޭނުން ކޮށްފައިވަނީ ޖޯމާ ބްރޭންޑްގެ ޖާޒީއެވެ. އޭގެ ފަހުން ފާއިތުވެދިޔަ ހަތަރު އަހަރު ރާއްޖޭގެ ޓީމުން ބޭނުން ކޮށްފައިވަނީ ޖޯމާ ބްރޭންޑްގެ ޖާޒީއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބުނު ގޮތުގައި ކެލްމޭ ބްރޭންޑްގެ ޖާޒީ ރާއްޖޭގެ ޓީމުން ބޭނުން ކުރަންފެށީ ޖޯމާ އާއެކު ހަދައިފައިވާ އެއްބަސްވުން ހަމަވުމާއެކުގައެވެ. ކެލްމޭއާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ދެމެދު ވެފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްމުކެވެ.

ކެލްމާ ބްރޭންޑްގެ ޖާޒީ ރަސްމީކޮށް އިފްތިތާހު ކުރުން އޮންނާނީ އަންގާރަ ދުވަހުގެ ރޭ އޮންނަ މެޗުގެ ކުރިންނެވެ. ޖާޒީ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް