ކ. މާލެ
|
10 ސެޕްޓެންބަރ 2019 | އަންގާރަ 14:47
ގްލޯނެޓް އެޑިއުކޭޝަން ފެއަރގެ ތެރެއިން - ގޫގުލް
ގްލޯނެޓް އެޑިއުކޭޝަން ފެއަރގެ ތެރެއިން - ގޫގުލް
ސިމާހާ ނަސީމް
ގްލޯނެޓް އެޑިއުކޭޝަން ފެއަރ
ގްލޯނެޓުގެ 25 ވަނަ އެޑިއުކޭޝަން ފެއަރ ބުރާސްފަތި ދުވަހު ފަށަނީ
 
އައްޑޫ ސިޓީއާއި ޏ.ފުވައްމުލަކުގެ އިތުރުން ހދ ކުޅުދުއްފުށީގައިވެސް ފެއަރ އޮންނާނެ
 
ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ ފަރާތްތަކަށް ޔުނިވަރސިޓީތަކާއެކު މައުލޫމާތު ބަދަލުކުރެވޭނެ
 
ސެޕްޓެމްބަރު 12، 13 މި ދެ ދެވަހު ނޭޝަލް އާރޓްގެލަރީގައި ފެއަރ އޮންނާނެ

ގްލޯނެޓުން އިންތިޒާމް ކޮށްގެން ބާއްވާ "އެޑިއުކޭޝަން ފެއަރ" ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.

އެކަމާ ގުޅޭގޮތުން ގްލޯނެޓުން ބުނީ، މިއީ ގްލޯނެޓުން ބާއްވާ 25 ވަނަ ފެއަރ ކަމަށާއި، މިފެއަރ އޮންނާނީ ސެޕްޓެމްބަރު މަހުގެ 12 އަދި 13 މި ދެ ދެވަހު ނޭޝަލް އާރޓްގެލަރީގައި ކޮންމެ ދުވަހެއްގެ ހަވީރު 17:00އިން ފެށިގެން ރޭގަނޑު 22:00 އަށް ކަމަށެވެ. އެގޮތުން މި ފެއަރ ގައި މެލޭޝިއާގެ ގިނަ ޔުނިވަރސިޓީތަކަކުން ބައިވެރިވާއިރު، މި ފެއަރ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ ފަރާތްތަކަށް އެ ޔުނިވަރސިޓީތަކާއެކު މައުލޫމާތު ބަދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އޭގެ އިތުރުން، މި ފެއަރ އައްޑޫ ސިޓީއާއި ޏ.ފުވައްމުލަކުގެ އިތުރުން ހދ ކުޅުދުއްފުށީގައިވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީ، ފުވައްމުލަކު އަދި ޖަލާލުއްދީން ސުކޫލުގައި ފެއަރ ބާއްވާ ގަޑިތައް:

  • އައްޑޫ ސިޓީ: 14 ސެޕްޓެމްބަރުގެ ހަވީރު 16:00 އިން 18:00 އަށް ނޫރާނީ ސުކޫލުގައި
  • ޏ.ފުވައްމުލަކު: 15 ސެޕްޓެމްބަރުގެ ހަވީރު 16:00 އިން 18:00 އަށް ޙާފިޒު އަހުމަދު ސުކޫލުގައި
  • ހދ ކުޅުދުއްފުށި: 17 ސެޕްޓެމްބަރުހެ ހަވީރު 16:00 އިން 18:00 އަށް ޖަލާލުއްދީން ސުކޫލުގައި

މިފެއަރގައި ތަފާތު އެކި ޔުނިވާސިޓީތަކުގެ ކޯސްތަކާ ގުޅޭ މައުލޫމާތު ދީ އެ ކޯސްތަކަށް ކުރިމަތިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އަދި ބައެއް ޔުނިވާސިޓީތަކުން ވަނީ، މި ފެއާގެ ތެރެއިން ފޯމް ހުށަހަޅާ ދަރިވަރުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ވެސް ތައާރަފް ކޮށްފަ އެވެ.

މިއީ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް، 2005 ވަނަ އަހަރުން ފެށިގެން ގްލޯނެޓުން ބާއްވާ ފެއާ އެކެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް މަތީ ތައުލީމު އުނގެނުމަށް ބޭނުންވާ ކުދިންނަށް އަމާޒު ކޮށްގެން ގްލޯނެޓުން މި ފެއަރ ބާއްވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް