ކ. މާލެ
|
10 ސެޕްޓެންބަރ 2019 | އަންގާރަ 15:29
ޓްރަމްޕް
ޓްރަމްޕް
އަލްޖަޒީރާ
ޓްރަމްޕް
ތޯލިބާންއާއިއެކު ސުލްހަވެރިކަމުގެ މަޝްވަރާ ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
 
އާދީއްތަ ދުވަހު ތާލިބާނުގެ އިސްވެރިންނާއެކު ބާއްވަން ހަމަޖެހުނު ބައްދަލުވުން ކުރިއަށް ނުގެންދަވާނެ ކަމަށް ވިދާޅުވި

ތޯލިބާންއާއިއެކު ސުލްހަވެރިކަމުގެ މަޝްވަރާ ނުކުރައްވާނެ ކަމަށް ޓްރަމްޕްވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިކަމާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އާދީއްތަ ދުވަހު ތާލިބާނުގެ އިސްވެރިންނާއެކު ބާއްވަން ހަމަޖެހުނު ބައްދަލުވުން ކުރިއަށް ނުގެންދަވާނެ ކަމަށެވެ. ސުލްހަވެރިކަމުގެ މަޝްވަރާއެއް ބާއްވަން ހަމަޖެހުނީ ކާބުލްގައި ތޯލިބާނުން ހަމަލާދީ، އެމެރިކާގެ ސިފައިންގެ މީހަކު މަރުވުމާއި ގުޅިގެންނެވެ. ހަމަލާގައި ވަނީ އިތުރު 11 މީހަކު މަރުވެފައެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ޖާނުން ފިދާވެގެންނާއި ބޮން ގޮއްވައިގެން ދީފައިވާ ހަމަލާގައި 12 މީހުން މަރުވެ 43 މީހަކު ޒަހަމްވެފައެވެ.

އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ނަސްރަތް ރަހީމީ ވިދާޅުވި ގޮތުގައި، ބޮމުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ތަފާތު ތިން ސަރަހައްދަކަށެވެ. އެގޮތުން ފުރަތަމަ ހަމަލާ އަމާޒުކޮށްފައިވަނީ ސަރުކާރު މުވައްޒަފުން ގޮވައިގެން ދަތުރު ކުރަމުންދިޔަ ބަހަކަށެވެ. އެ ހަމަލާގައި ފަސް މީހަކު މަރުވެ 10 މީހަކު ޒަހަމްވި ކަމަށް ރަހީމީ ވިދާޅުވެފައިވެއެވެ. ދެވަނަ ހަމަލާ ދީފައިވަނީ އާންމުން ގިނައިން އެއްވާ ސަރަހައްދަކަށް އަމާޒުކޮށެވެ. ޖާނުން ފިދާވެގެން ދިން އެ ހަމަލާގައި ހަތް މީހަކު މަރުވެ 20 މީހަކަށް ބޮޑެތި އަނިޔާ ލިބި ޒަހަމު ވެފައިވެއެވެ. އަދި ތިންވަނަ ހަމަލާގައި 13 މީހަކު ވަނީ ޒަހަމްވެފައެވެ.

މީގެއިތުރުން ޓްރަމްޕް ވަނީ އަފްޣާނިސްތާނުގެ ރައީސްއާއި ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަން ވެސް އިއުލާން ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ ތޯލިބާނުން ހަމަލާތައް ދިނުން މެދުކަނޑާނުލެވޭނަމަ އެއްވެސް ކަހަލަ އެއްބަސްވުމަކަށް ނާދެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
100%
0%
0%
0%
0%
0%
ކޮމެންޓް