ހުކުރު 22 ނޮވެންބަރު 2019
09 ނޮރަ
1441 ރަބީއުލް އައްވަލް 25
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07
ލުއި ޚަބަރު - ބޮލީވުޑް

ނޯރާ ފަތޭހީގެ ނެށުމަށް ކުދިން މަލާމަތް ކުރި!

  • ނޯރާ އޭނާގެ ނެށުމާއި ގުޅޭގޮތުން ދައްކާފައިވަނީ މުޅިން ތަފާތު ވާހަކަތަކެއް

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ 10 ސެޕްޓެންބަރ 2019 | އަންގާރަ 14:45 12,313

ނޯރާ ފަތޭހީ - ގޫގުލް

ބޮލީވުޑް ފިލްމެއްގެ ލަވައަކަށް ނަށަން ވެއްޖެ ނަމަ ފިލްމް އުފައްދާ ފަރާތްތަކުން ނޯރާ ފަތޭހީ ނޫން އެހެން ތަރިއެއްގެ މަތިން ހަނދާނެއް ނުހުރެއެވެ.

ނޯރާ ގެ ލަވައެއް ބަލައިފި ކޮންމެ މީހަކަށްވެސް ޤަބުލު ކުރެވޭނީ އޭނާ އަކީ މޮޅު ނެށުންތެރިއެއް ކަމަށެވެ. ނަމަވެސް ނޯރާ އޭނާގެ ނެށުމާއި ގުޅޭގޮތުން ދައްކާފައިވަނީ މުޅިން ތަފާތު ވާހަކަތަކެކެވެ.

ނޯރާ ބުނެފައިވަނީ އޭނާ ސްކޫލްގައި އުޅުނު ދުވަސްވަރު އޭނާގެ ނެށުމަށް ކުދިން މަލާމަތް ކުރި ކަމަށެވެ. އޭނާ ނަށަން ފެށުމުން މީހުން އޭނާއާއި ދިމާއަށް ނަށަން ނޭންގޭ ކަމަށް ބުނެ ހީ ހެދިކަމަށް ނޯރާ ވަނީ ބުނެފައެވެ. އުމުރުން 27 އަހަރުގެ ކެނެޑާއަށް އުފަން ނޯރާ ބުނެފައިވަނީ އޭނާ އަބަދުވެސް މަސައްކަތް ކުރީ ސްކޫލްގައި އޮންނަ އަންހެން ކުދިންގެ ޑާންސް ކްރޫޕެއް ކަމަށްވާ "ކޫލް ގްރޫޕް" އަށް ވަންނަން ކަމަށެވެ.

"އަހަރެން އެމީހުންގެ ނެށުން ކޮޕީކުރިން. އަދި އެގްރޫޕުން އަހަރެން ބަލައިގަނޭތޯ މަސައްކަތް ކުރިން. ނަމަވެސް ކޮންމެ ފަހަރަކުވެސް އެމީހުން އަހަރެން ރިޖެކްޓް ކޮއްލަނީ"ނޯރާ ވަނީ ބުނެފައެވެ.

އެމީހުންނާއި އެއްހަމައަށް ނުނެށޭ ކަމަށް އޭނާކައިރި ބުނާ ކަމަށް ނޯރާ ވަނީ ބުނެފައެވެ. މަލާމާތާއި ފުރައްސާރައާއި ކުރިމަތިލާން ޖެހުނު ނަމަވެސް ނޯރާ ފަހުން ވަނީ އޭނާއަކީ މޮޅު ނެށުންތެރިއެއްކަން ސާބިތުކޮށްދީފައެވެ.

ބޮލީވުޑް ފިލްމް ތަކުގައި ނޯރާ ނަށާފައިވާ ލަވަތަށް ބެލުންތެރިން ވަނީ ބަލައިގެންފައެވެ.

ނޯރާ ނަށާފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ރޮކް ދަ ޕާޓީ" (ރޮކީ ހޭންޑްސަމް 2016)، "ކަމަރިޔާ (ސްޓްރީ 2018) "ދިލްބަރު" (ސަތްޔަމޭވް ޖަޔަތޭ 2018) ގެ އިތުރުން އެންމެ ފަހުން ނޯރާ ކުޅެފައިވާ ލަވައަކީ "އޯ ސާކީ ސާކީ" (ބަތްލާ ހައުސް) ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް