ބުދަ 18 ސެޕްޓެންބަރ 2019
12 އުތުރަ
1441 މަހައްރަމް 19
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17
ލުއި ޚަބަރު - ބޮލީވުޑް

ދަ ސްކައި އިޒް ޕިންކްގެ ޓްރެއިލާ ދައްކާލައިފި

  • މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 11 ގައި

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ 10 ސެޕްޓެންބަރ 2019 | އަންގާރަ 14:44 1,129

ދަ ސްކައި އިޒް ޕިންކް ގެ ޓްރެއިލާ - ހިންދުސްތާނީ ޓައިމްސް

އަހަރުތަކަކަށް ފަހު ޕްރިޔަންކާ ޗޯޕްރާ ބޮލީވުޑަށް އެނބުރި އަންނަ ފިލްމް "ދަ ސްކައި އިޒް ޕިންކް"ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ.

ސޮނާލީ ބޯސް ޑައިރެކްޓް ކޮށްފައިވާ މި ފިލްމްގައި ޕްރިޔަންކާގެ އިތުރުން ފެނިގެންދަނީ ފަރްޚާން އަޚްތަރު، ޒާރާ ވާސިމް އަދި ރޯހިތް ސަރަފް އެވެ.

ޓޮރޮންޓޯ ފިލްމް ފެސްޓިވަލްގައި މިމަހުގެ 13 ގައި ދެއްކުމަށް ހަމަޖެހިފައިވާ މި ފިލްމް ތިއޭޓަރތަކުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 11 ގައެވެ. ފިލްމް ޓްރެއިލާގެ ފުރަތަމަ ބައިގައި ޕްރިޔަންކާ އާއި ފަރުޚާންގެ ލޯބިގެ ގުޅުން ދައްކުވައިދެއެވެ. އަދި އޮޅިގެން ޕްރިޔަންކާ މާބަނޑު ވެގެން އުޅޭ މަންޒަރެވެ.

ދެވަނަ ބައިގައި ދައްކުވައިދެނީ އެދެމީހުންނަށް އަންހެން ދަރިއަކު (ޒާރާ) ލިބި އެދަރިފުޅު ފަރުވާއެއް ނެތް ބައްޔެއް ޖެހި އެ ހިތްދަތި ދަނޑިވަޅުގައި އާއިލާ އެކުގައި އުޅުމަށް ކުރުމަށް ކުރާ މަސައްކަތެވެ. އެންމެން ޒުވާބުކޮށް، ރޮއި އަދި ބައެއް ފަހަރަށް އެކުގައި މަޖާކުރާ މަންޒަރުވެސް ޓްރެއިލާއިން ފެނިގެން ދެއެވެ.

މި ފިލްމްގެ ފުރަތަމަ ޕޯސްޓަރު މިދިޔަ ހޯމަ ދުވަހު ދައްކާލާފައިވާއިރު ޕޯސްޓަރުގައި ފެނިގެންދަނީ ފަރުޚާން ހިނގާފައި ދާއިރު ޕްރިޔަންކާ އޭނާގެ ބުރަކަށި މައްޗަށް އަރާ އޮންނަ މަންޒަރެވެ. މިދެމީހުންގެ ކުރިން ޒާރާ އާއި ރޯހިތް ދުވެފައިދާ މަންޒަރު ފެނިގެންދެއެވެ.

"ދަ ސްކައި އިޒް ޕިންކް" ވެގެންދާނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ބޮލީވުޑްގެ ފިލްމަކުން ފެނިގެންދާ ފިލްމަށެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ހޮލީވުޑް ފިލްމް "އިސިންޓް އިޓް ރޮމޭންޓިކް" އިންނެވެ. ފަރްޚާން މިވަގުތު ދަނީ އޭނާގެ ރާކޭޝް އޯމްޕްރަކާޝް މެހެރާގެ ފިލްމް "ތޫފާން" ކުޅުމަށް ތައްޔާރު ވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް