ކ. މާލެ
|
10 ސެޕްޓެންބަރ 2019 | އަންގާރަ 09:07
އެމްއެންޑީއެފް ވޮލީ ބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްއެންޑީއެފް ވޮލީ ބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް
ސިފައިންގެ އިންޓަރ ޔުނިޓް 18 ވަނަ ވޮލީބޯޅަ މުބާރާތް ފަށައިފި
 
މިއީ 4 ދުވަހަށް ކުރިޔަށް ދާ މުބާރާތެއް
 
މުބާރާތުގައި 11 ޓީމަކުން ވާދަކުރޭ

ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ކުރިއަށްގެންދާ "އިންޓަރ ޔުނިޓް 18 ވަނަ ވޮލީބޯޅަ މުބާރާތް" ޒުވާނުންގެ މަރުކަޒުގައި ފަށައިފިއެވެ.

މުބާރާތް ފެށުމުގެ ގޮތުން ހޯމަ ދުވަހުގެ ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

މި މުބާރާތުގައި 11 ޓީމަކުން ވާދަކުރާއިރު، ފަސް ޔުނިޓަކުން ވާދަކުރަނީ ކޮމްބައިން ޓީމުތަކުގެ ގޮތުގައެވެ. މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗުތައް ބެލުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ.

އިންޓަރ ޔުނިޓް ވޮލީ ބޯޅަ މުބާރާތަކީ ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. އެންމެ ފަހުން ބޭއްވި އިންޓަރ ޔުނިޓް ވޮލީ ބޯޅަ މުބާރާތުގެ އެއްވަނަ ޑިވިޜަންގެ ޗެމްޕިއަން ޓީމަކީ އެސްޕީޖީއެވެ. އަދި ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ދިވެހި ސިފައިންގެ ކުލަބެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް