އާދީއްތަ 22 ސެޕްޓެންބަރ 2019
02 އަތަ
1441 މަހައްރަމް 23
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15
ކުޅިވަރު - ރާއްޖެ - ޗައިނާ

ޗައިނާ މެޗަށް އިތުރަށް ޓިކެޓް ވިއްކަން ޖެހޭ: ސުޒެއިން

  • ދަނޑަށް ވަންނަން ބޭނުންވާ ގިނަ ދިވެހިން އަދިވެސް އެބަތިބި
  • ވަގުތީ ހުއްދައެއްގެ ދަށުން ވިޔަސް ސަޕޯޓަރުން ވައްދަން ޖެހޭ

ލީވާން އަލީ
MrLeevaan

ކ. މާލެ 10 ސެޕްޓެންބަރ 2019 | އަންގާރަ 05:21 6,417

އަލީ ސުޒެއިން - ސަން

ވޯލްޑް ކަޕް ކޮލިފައިންގައި އަންގާރަ ދުވަހު ޗައިނާ އަދި ރާއްޖެ ބައްދަލުކުރާ މެޗަށް އިތުރަށް ޓިކެޓް ވިއްކަން ޖެހޭ ކަމަށް ކްލަބް ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގަ ވާހަކަދައްކަމުން ސުޒެއިން ބުނީ، ޗައިނާ މެޗު ބަލަން ދިވެހިން ދަނޑަށް ވަންނަން ބޭނުންވާ ކަމަށާއި، އިތުރަށްވެސް ޓިކެޓުތަކެއް ވިއްކަން ޖެހޭ ކަމަށެވެ.

ގަލޮޅު ދަނޑަށް ކުރިން 8،000 އެއްހާ ސަޕޯޓަރުންނަށް ވަދެވޭއިރު، ޗައިނާ މެޗަށް މަދު ޓިކެޓުތަކެއް ވިއްކަން ޖެހިފައިވަނީ ދަނޑުގެ ދެކުނު ފަރާތް (ސަހަރާ ފަޅި) އަދި އިރުމަތި ފަރާތް (ބޮޑު ގޭޓް ފަޅި) ގެ ސިޑިބަރި ބޭނުންކުރުން ސަލާމަތީ ގޮތުން އެކަށީގެންނުވާ ކަމަށް ހައުސިންގ މިނިސްޓްރީން އެންގުމުން އެތަން ބަންދުކޮށްފައިވާތީއެވެ. ބޭނުންކުރެވެނީ ދަނޑުގެ އުތުރ ފަރާތް (މަޖީދީ މަގު ފަޅި) ސިޑިބަރި އާއި ހުޅަނގު ފަރާތް (ރޮސްޓަރަމް ފަޅި) އެވެ.

މިކަމާ ގުޅިގެން ސުޒެއިން ބުނީ، 2،000 މީހުންނަށް ވަދެވޭ ސިޑިބަރިއަކަށް 1،000 މީހުންނަށް ވަދެވޭ ގޮތަށް ހަދައިގެން ނަމަވެސް، ޗައިނާ މެޗަށް ވަގުތީ ހުއްދައެއް ނަގަންޖެހޭ ކަމަށެވެ.

އެގޮތުން ސުޒެއިން ބުނީ، ގައުމީ ޓީމުގެ މެޗެއް ބަލައިލަން ދިވެހިން ތިބީ ވަރަށް ކެތްމަދުވެފައި ކަމަށާއި، ދިވެހި ސަޕޯޓަރުންގެ މިހާރުގެ ވިސްނުމަށް ބަލާފައި އެ ފުރުސަތު ދޭން ހައްގު ކަމަށެވެ.

ދަނޑުގެ އިރުމަތި ފަރާތް (ބޮޑު ގޭޓް ފަޅި) ގައި ހުރި ސިޑިބަރިއަކީ ހުޅުވާފައި އަދި އެއް މެޗަށް ބޭނުންކުރެވޭނެ ސިޑިބަރިއެއް ކަމަށާއި، އެތަން 1،000 މީހުން ބޭނުންކޮށްގެން ގެއްލުންތަކެއް ވާނެ ކަމަށް ނުދެކޭ ކަމަށެވެ. އަދި ދެކުނު ފަރާތް (ސަހަރާ ފަޅި) ގެ ސިޑިބަރީގެ އެންމެ ތިރީ ބަރިވެސް ދޭން ޖެހޭ ކަމަށް އޭނާ ބުނިއެވެ.

ހޯމަ ދުވަހުގެ ރޭ ސުޒެއިން ކުރި ޓުވީޓެއްގައި ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ކަމާ ބެހޭ ތަޖުރިބާކާރުންނާ މަޝްވަރާކޮށް ސާވޭ އަލުން ހަދައިގެން ނަމަވެސް، ބަންދުކޮށްފައިވާ ސިޑިބަރިތައް އަލުން ހުޅުވާލަން މަސައްކަތް ކުރުން މުހިންމު ކަމަށް ބުނެފައެވެ.

ޗައިނާ އަދި ރާއްޖެ ބައްދަލުކުރާ މެޗަށް ވިއްކާފައިވަނީ 3،400 ޓިކެޓެވެ. އޭގެ ތެރެއިން އެއްބައި ޗައިނާއަށް ވަނީ ދީފައެވެ. މި މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ރޭ 20:00 ޖަހާއިރު ގަލޮޅު ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް