ހޯމަ 03 އޯގަސްޓު 2020
06 އަހުލިހަ
1441 ޒުލްޙައްޖު 13
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:16
އަސްރު 15:34
އިރުއޮއްސޭ 18:23
އިޝާ 19:38
ރިޝީ ކަޕޫރް

ކެންސަރުގެ ބައްޔަށް ފަރުވާ ހޯދުމަށް ފަހު ރިޝީ އަނބުރާ އިންޑިއާއަށް

  • ކެންސަރު ޖެހިފައި ހުރިކަން އެނގުނީ މިދިޔަ އަހަރު

ކ. މާލެ | 10 ސެޕްޓެންބަރ 2019 | އަންގާރަ 11:40 | 7,320

ރިޝީ ކަޕޫރް (ވ) އަންހެނުން ނިތޫ ކަޕޫރް (ކ) އާއި އެކު - އިންސްޓަގްރާމް

އަހަރެއްހާ ދުވަސް ގައުމުން ބޭރުގައި ކެންސަރަށް ފަރުވާ ހޯދުމަށް ފަހު ރިޝީ ކަޕޫރް އަންގާރަ ދުވަހު އިންޑިއާ އަށް ދާނެއެވެ.

ކެންސަރުގެ ބައްޔަށް ރިޝީ ފަރުވާ ހޯދަމުން ދިޔައީ އެމެރިކާގެ ނިއުޔޯކްގައެވެ. ރިޝީއަށް ކެންސަރު ޖެހިފައިވާ ކަމުގެ އަޑުތައް ފުރަތަމަ ފެތުރުނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެހެން ނަމަވެސް ރިޝީގެ އާއިލާއިން ފުރަތަމަ އެވާހަކަ ދޮގުކުރުމަށް ފަހު މި އަހަރުގެ މޭމަހު އޭނާ އަށް ކެންސަރު ޖެހިފައިވާ ކަމަށް ވަނީ ޔަގީން ކޮށްދީފައެވެ. ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައު ރިޝީ ބުނެފައިވަނީ ކެންސަރު ޖެހުނުކަން އެނގުނީ ދިއްލީ ގައި ފިލްމެއްގެ ޝޫޓިންގައި އުޅެނިކޮށް ކަމަށާއި، ނިއުޔޯކަށް ދިޔައީ ޑޮކްޓަރުގެ ލަފާގެ މަތިިން ކަމަށެވެ.

ރިޝީވަނީ ބޯންމެރޯ ޓްރާންސްޕްލާންޓު ހަދާފައެވެ. އަންހެނުން ނީތޫ ކަޕޫރް އާއި އެކު ރިޝީ ނިއުޔޯކް ގައި ބައްޔަށް ފަރުވާ ހޯދަމުން ދިޔައިރު ފިރިހެން ދަރިފުޅު ރަންބީރު ކަޕޫރްގެ އިތުރުން އަންހެން ދަރިފުޅު ރިދިމާ ކަޕޫރްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް އޭނާ ރިޝީ ވަނީ ބުނެފައެވެ. ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ރިޝީގެ ހާލުބަލަން ނިއުޔޯކަށް ޒިޔާރަތް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.