ކ. މާލެ
|
9 ސެޕްޓެންބަރ 2019 | ހޯމަ 19:39
އެއްބަސްވުމުގައި ސޮއި ކުރުމުުގެ ތެރެއިން
އެއްބަސްވުމުގައި ސޮއި ކުރުމުުގެ ތެރެއިން
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަރމެންޓް
ޔޫތް މިނިސްޓްރީ
ކުޅިވަރު ކޯޓުތަކުގެ ބީއޯކިއު އަދި ތަފްސީލީ ކުރެހުންތައް ތައްޔާރުކުރުމަށް ނޮވިއާ އިންޖިނިއަރިން އާއެކު ސޮއިކޮށްފި
 
ނޮވިއާ އިންޖިނިއަރިންއާ ހަވާލުކުރެވުނު މަސައްކަތް އެ ކުންފުނިން 44 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ

މިނިސްޓްރީ އިން ތަރައްގީ ކުރާ ކުޅިވަރު ކޯޓުތަކުގެ ބިލް އޮފް ކުއަންޓިޓީސް (ބީއޯކިއު) އަދި ކޯޓުތަކުގެ ތަފްސީލީ ކުރެހުންތައް ތައްޔާރުކުރުމަށް ނޮވިއާ އިންޖިނިއަރިން އާއެކު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓަރ އަހްމަދު މަހްލޫފްއެވެ. އަދި ނޮވިއާ އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރއެވެ.

ނޮވިއާ އިންޖިނިއަރިންއާ ހަވާލުކުރެވުނު މަސައްކަތް އެ ކުންފުނިން 44 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިނިސްޓްރީއިން ގާއިމުކުރާ އިންޑޯރ އަދި އައުޓްޑޯރ ވޮލީބޯޅަ ކޯޓުތަކާއި ނެޓްބޯޅަ ކޯޓުތަކުގެ އިތުރުން ބެޑްމިންޓަން އިންޑޯރ ކޯޓުތަކުގެ ބީއޯކިއު އަދި ތަފްސީލީ ކުރެހުންތައް މި ކޮންޓްރެކްޓްގެ ދަށުން އެ ކުންފުނިން ތައްޔާރުކުރަން ޖެހޭނެއެވެ.

ކުޅިވަރު ތަރައްގީ ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބައިނަލްއަގްވާމީ ފެންވަރުގެ ކުޅިވަރު ކޯޓުތައް އެޅުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް