ކ. މާލެ
|
9 ސެޕްޓެންބަރ 2019 | ހޯމަ 15:48
ހިޖުރަވެރިން ސަލާމަތް ކޮށްފައިވަނީ އެސްއޯއެސް މެޑިޓެރަނީ އާއި ޑޮކްޓަރސް ވިތްއައުޓް ބޯރޑަރސް އިން
ހިޖުރަވެރިން ސަލާމަތް ކޮށްފައިވަނީ އެސްއޯއެސް މެޑިޓެރަނީ އާއި ޑޮކްޓަރސް ވިތްއައުޓް ބޯރޑަރސް އިން
އެރަބް ނިއުސް
އެފްރިކާ ހިޖްރަވެރިން
ޗެރިޓީ ބޯޓަކުން އެފްރިކާގެ 50 ހިޖުރަވެރިން ސަލާމަތްކޮށްފި
 
ސަލާމަތްކޮށްފައިވާ މީހުންގެ ތެރޭގައި މާބަނޑު އަންހެނަކާ 12 ކުޑަ ކުދިން ހިމެނޭ
 
މި މީހުން ދަތުރު ކުރަމުން ދިޔައީ ރަނބަރު ޑިންގީއެއްގައި
 
ސަލާމަތް ކޮށްފައިވަނީ އެފްރިކާއަށް ނިސްބަތްވާ ހިޖުރަވެރިން

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެސްއޯއެސް މެޑިޓެރަނީ އާއި ޑޮކްޓަރސް ވިތްއައުޓް ބޯރޑަރސް އިން 50 ހިޖުރަވެރިން ސަލާމަތް ކޮށްފިއެވެ.

ރަނބަރު ޑިންގީއެއްގައި ދަތުރު ކުރަމުން ދަނިކޮށް އާދިއްތަ ދުވަހު ސަލާމަތް ކޮށްފައިވަނީ އެފްރިކާގެ ހިޖުރަވެރިންނެވެ. އެސްއޯއެސް މެޑިޓެރަނީ އާއި ޑޮކްޓަރސް ވިތްއައުޓް ބޯރޑަރސް އިން ވަނީ ހިޖުރަވެރިން އެމީހުންގެ އޯޝަން ވައިކިންގ ބޯޓަށް އަރުވާފައެވެ.

މި ބޯޓުގައި ދަތުރު ކިޔަމުން ދިޔަ އޭޕީގެ ނޫސްވެރިޔަކު މައުލޫމާތު ދޭ ގޮތުގައި ސަލާމަތް ކޮށްފައިވަނީ މާބަނޑު އަންހެނަކާ 12 ކުޑަ ކުދިންނާ 37 ފިރިހެނުންނެވެ. މި މީހުން ސަލާމަތް ކޮށްފައިވަނީ ލީބިޔާގެ 14 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަނިކޮށެވެ.

އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތައް ހޯދާ ސަލާމަތްކުރުމުގެ ޒިންމާ އޮންނަ ލީބިޔާގެ ކަމާބެހޭ އިދާރާއަށް އޯޝަން ވައިކިންގ އިން އެކި ފަހަރު މަތިން ގުޅަން މަސައްކަތްކުރި ނަމަވެސް އެ ފަރާތުން އެއްވެސް ޖަވާބެއް ނުދޭ ކަމަށް ބޯޓުން ބުންޏެވެ. ރޯމް އަދި މަލްޓާގައި ހުންނަ ކަމާބެހޭ އިދާރާއަށް ގުޅާ އެ އިދާރާ މެދުވެރިކޮށް ލީބިޔާގެ ކަމާބެހޭ އިދާރާތަކަށް ގުޅީ ކަމުގައިވެސް ބޯޓުން ބުންޏެވެ. އަދި ހަމަ މި ސަރަހައްދުން ދަތުރު ކުރަމުން ދިޔަ މަސް ބޯޓެއް ވެސް ރަނބަރު ޑިންގީގައި ދަތުރު ކުރަމުން ދިޔަ ފަރާތްތަކަށް ޖަވާބު ނުދީ ދިޔަކަމުގައިވެސް އެސްއޯއެސް މެޑިޓެރަނީ އާއި ޑޮކްޓަރސް ވިތްއައުޓް ބޯރޑަރސް އިން ބުނެއެވެ.

އޮޕަރޭޝަން ސޯފިއާ އިން ދަތުރު ކުރަމުން ދިޔަ ޔޫރަޕިއަން ޔޫނިއަންގެ ފްލައިޓެއްވެސް ވަނީ އޯޝަން ވައިކިންގ، ޑިންގީ އަދި މަސްބޯޓުގެ މަތިން އެކިފަހަރު މަތިން ދުއްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް