ހުކުރު 28 ފެބުރުއަރީ 2020
ފުރަބަދުރުވަ 2
1441 ރަޖަބު 05
ފަތިސް 05:05
އިރުއަރާ 06:16
މެންދުރު 12:23
އަސްރު 15:36
މަޣްރިބް 18:21
އިޝާ 19:33
ދުނިޔެ - ފްރާންސް

ފްރާންސްގެ ހީޓްވޭވް ގައި މަރުވި މީހުންގެ އަދަދު 1435 އަށް

  • މަރުވި ދެބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 75 އަހަރުން މަތީ މީހުން

އުމްނާ އިސްމާއިލް
UmnaIsmail

ކ. މާލެ 9 ސެޕްޓެންބަރ 2019 | ހޯމަ 10:17 5,673

ފްރާންސް - ބީބީސީ

ފްރާންސްގެ ހީޓްވޭވްގައި 1435 މީހުން މަރުވެފައިވާ ކަމަށް ފްރާންސްގެ ހެލްތު މިނިސްޓަރ އެގްނެސް ބުޒީން ވިދާޅުވެއްޖެއެވެ.

ފްރާންސްގެ ރޭޑިއޯ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ މަރުވި ދެބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 75 އަހަރުން މަތީ މީހުން ކަމަށް ބީބީސީގައި ރިޕޯޓުކޮށްފައިވެއެވެ.

ހެލްތު މިނިސްޓަރ އާއި ހަވާލާދީ ބީބީސީގައި ބުނެފައިވަނީ 2003 ވަނަ އަހަރުގެ ހީޓްވޭވްގައި މަރުވި މީހުންގެ އަދަދަށްވުރެ މި އަހަރު ހީޓްވޭވްގައި މަރުވި މީހުންގެ އަދަދު 10 އިންސައްތަ އިން މަދުވެފައިވާ ކަމަށެވެ.

މި އަހަރުގެ ޖުލައި މަހުގެ 7 ން 24 އަށް 567 މީހުން ހީޓް ވޭވްގެ ސަބަބުން މަރުވެފައިވާއިރު ޖުލައި މަހުގެ 21 ން 27 އަށް ވަނީ 868 މީހުން މަރުވެފައެވެ.

ޖޫން މަހު ފްރާންސްގެ ޓެމްޕަރޭޗަރ 114.8 ފެރެންހައިޓްއަށް އަރާފައިވާއިރު ފްރާންސްގެ ވެރި ރަށް ޕެރިސްގައި ރެކޯޑު ކުރެވިފައިވާ އެންމެ މަތީ ޓެމްޕަރޭޗަރ އަކީ 108.7 ފެރެންހައިޓްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް