ކ. މާލެ
|
9 ސެޕްޓެންބަރ 2019 | ހޯމަ 10:15
މުޒާހަރާގެ ތެރެއިން
މުޒާހަރާގެ ތެރެއިން
ބީބީސީ
ހޮންކޮންގް
ޗައިނާ ކިބައިން ސަލާމަތްކޮށްދިނުމަށް އެދި ހޮންކޮންގެ ރައްޔިތުން ޑޮނާލްޑް ޓްރަމްޕަށް ގޮވާލައިފި
 
މުޒާހަރާ ކުރާތާ 14 ހަފްތާ ވަނީ ވެފައި

ޗައިނާ ކިބައިން ސަލާމަތް ކޮށްދިނުމަށް އެދި ހޮންކޮންގްގެ ރައްޔިތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއަށް ގޮވާލައިފިއެވެ.

މިގޮތަށް ގޮވާލާ، ހޮންކޮންގް ރައްޔިތުން މުޒާހަރާ ކުރާތާ 14 ހަފްތާ ވެފައިވާއިރު ޗައިނާ އިން ވަނީ އެގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ގައުމުތައް ނުވަނުމަށް ބުނެ އިންޒާރު ދީފައެވެ.

ޗައިނާއަށް ތާޢީދުކުރާ ފަރާތްތަކުން ހޮންގްކޮންގްގައި އިންސާނީ ހައްޤުތަކާ ޚިލާފަށް ފިޔަވަޅުތައް އަޅަމުންދާތީ އެކަން އެމެރިކާއަށް ހާމަކޮށްދީ، ހޮންގްކޮންގްގެ ރައްޔިތުންގެ އިންސާނީ ހައްޤުތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމުގައި އެމެރިކާ ސަރުކާރުގެ އެހީ ހޯދުމަށް ހޮންކޮންގްގެ ރައްޔިތުން ދަނީ މުޒާހަރާ ކުރަމުންނެވެ.

މުޒާހަރާ ކުރަމުންދާ ރައްޔިތުން ދަނީ "ހޮންކޮންގް ހިއުމަންރައިޓްސް އެންޑް ޑިމޮކްރެސީ އެކްޓް" ގެ ގާނޫނެއް ފާސް ކުރުމަށް އެދި އެމެރިކާއަށް ގޮވާލަމުންނެވެ.

ހޮންގްކޮންގްގައި މި އަހަރުގެ ކުރީކޮޅު މުޒާހަރާކުރަން ފެށީ އެ ރަށުގައި ޖިނާޢީ ކުށްކުރާ ފަރާތްތަކުގެ ޝަރީޢަތްތައް ޗައިނާގައި ހިންގުމަށް ގޮވާލާ ބިލެއް ހޮންގްކޮންގްގެ ސަރުކާރުން ފާސްކުރުމަށް މަސައްކަތް ކުރުމާއި ގުޅިގެންނެވެ. އަދި ޚިޔާލު ތަފާތުވުން އުފެދުމުގެ ސަބަބުން ހޮންގްކޮންގްގެ ސަރުކާރުން މި ބިލް އަނބުރާ ގެންދިޔަ ނަމަވެސް ހޮންކޮންގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާތައް ދަނީ ކުރިއަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
50%
0%
0%
50%
ކޮމެންޓް