ކ. މާލެ
|
9 ސެޕްޓެންބަރ 2019 | ހޯމަ 09:13
\"ތިބާ ސައިކޮލޮޖީ\" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
"ތިބާ ސައިކޮލޮޖީ" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ތިބާ ސައިކޮލޮޖީ ކްލިނިކް
ނަފްސާނީ ބަލިތަކަށް ހާއްސަކޮށްގެން "ތިބާ ސައިކޮލޮޖީ" ކްލިނިކް ހުޅުވައިފި
 
ކްލިނިކް ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ހަފްތާގެ އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް
 
އުންމީދަކީ ރާއްޖޭގައި އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތްދޭ އަދި ހިދުމަތް ހޯދުމަށް އަންނަ ފަރާތްތައް ހިތްހަމަ ޖެހޭ ފަދަ ހިދުމަތެއް ފޯރުކޮށްދޭ ތަނަކަށް ހެދުން
 
ޝުޒްނާ މަޖްދީ ވިދާޅުވީ މި ކްލިނިކަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށްޓަކައި ހަދާފައިވާ ކްލިނިކެއް ކަމަށް

ނަފްސާނީ ބަލިތަކަށް ހާއްސަކޮށްގެން "ތިބާ ސައިކޮލޮޖީ" ގެ ނަމުގައި ސައިކޮލޮޖީ ކްލިނިކެއް ހުޅުވައިފިއެވެ.

ތިބާ ސައިކޮލޮޖީ ކްލިނިކުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. އަދި އެކަމަނާ ވަނީ އެ ކްލިނިކްގެ ވެބްސައިޓްވެސް ލޯންޗްކޮށްދެއްވާފައެވެ.

މި ސެންޓަރުގެ ފައުންޑިން ޕާޓްނަރުންނަކީ ސައިކޮލޮޖިސްޓުން ކަމަށްވާ ޝުޒްނާ މަޖްދީ އަދި ނަދާ ޝަރީފްގެ އިތުރުން މުސްތަފާ ފާރޫގްއެވެ.

ތިބާ ސައިކޮލޮޖީގެ ފަރާތުން ވާހަކަދައްކަވަމުން ޝުޒްނާ މަޖްދީ ވިދާޅުވީ މި ކްލިނިކަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށްޓަކައި ހަދާފައިވާ ކްލިނިކެއް ކަމަށެވެ. އަދި އުންމީދަކީ ރާއްޖޭގައި އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތްދޭ އަދި ހިދުމަތް ހޯދުމަށް އަންނަ ފަރާތްތައް ހިތްހަމަ ޖެހޭ ފަދަ ހިދުމަތެއް ފޯރުކޮށްދޭ ތަނަކަށް ހެދުން ކަމަށެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ޝުޒްނާ ވިދާޅުވީ މި ކްލިނިކުން ކައުންސިލިން ދިނުމާއި އެކިކަހަލަ ސައިކޯތެރަޕީގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ތިބާ ކްލިނިކް ހުޅުވިގެން މިއައީ މިހާރު އާންމު ގޮތެއްގައި ސައިކޮލޮޖިކަލް ނުވަތަ މެންޓަލް ހެލްތްގެ ހިދުމަތްތައް ރާއްޖެގައި ޕްރޮވައިޑް ކޮށްދޭ ފެންވަރަށްވުރެ ތަންކޮޅެއް ރަނގަޅު ފެންވަރެއްވަރެއްގަ ހިދުމަތް ފޯރުކޮށްދިނުމަށް. އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރަން އަޅުގަނޑުމެންގެ ވޯކް ހަމަ ހުރިހާ ބޭފުޅުންވެސް ބަލައިގަންނާނެ ކަމަށް.

މީގެ އިތުރުން ސައިކޮލޮޖިކަލް އެސެސްމެންޓް ހެދުމާއި ކުޑަކުދިންގެ ތެރަޕީތައްވެސް އެ ކްލިނިކުން ފޯރުކޮށްދޭނެ ކަމަށް ޝުޒްނާ ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ އުމުރެއްގެ މީހުންނަށްވެސް މި ކްލިނިކުން ހިދުމަތް ލިބިގެންދާނެއެވެ.

މި ކްލިނިކް ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ހަފްތާގެ އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް
9 ސެޕްޓެންބަރ 2019 | ހޯމަ 17:14
ފުރިހަމަކޮށް ލިޔޭ
ކޮންތަނެއްގައި ހުޅުވިތަނެއް؟ ކޮންއިމާރާތެއްގައި؟ ޚަބަރު ފުރިހަމައެއްނޫން.