ކ. މާލެ
|
9 ސެޕްޓެންބަރ 2019 | ހޯމަ 09:03
އަލީ އަޝްފާގް
އަލީ އަޝްފާގް
އެފްއޭއެމް
އެފްއޭއެމް
އަލީ އަޝްފާގް އެނބުރި އައުމުން ސަޕޯޓަރުން ބުނީ ދަނޑު ފުރާލާނެ ކަމަށް
 
ގިނަ ބަޔަކު ވަނީ ކިއޫ ގައި ޖެހިގެން ޓިކެޓު ނަގައިފަ

ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ދޮޅު އަހަރަށް ފަހު ގައުމީ ޖާޒީގައި ފެނިގެންދާނީ ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރާ މެޗުންނެވެ.

މި މެޗުގެ ޓިކެޓު ވިއްކަން އާދީއްތަ ދުވަހު ފެށި އިރު މެޗުގެ ޓިކެޓު ވިއްކަން ފަށެ އިރު އާންމުން ވަނީ ޓިކެޓު ނަގަން ބޮޑު ކިއޫ އެއް ދަމައިލައިފައެވެ. އޮލިމްޕަހާ ކުރިމަތީ ހުންނަ ޓިކެޓް ކައުންޓަރު ދޮށުގައި ހަދައިފައިވާ ކިއޫގެ ކޮޅު މަޖީދީމަގުގައި ހުންނަ ރެޑްވޭވް ފިހާރައާ ހަމަ އަށް ދަމައިލައިފައި އޮތެވެ. މިއީ މި ފަހަކަށް އައިސް ގަލޮޅު ދަނޑުގައި ކުޅޭ މެޗެއް ބެލުމަށް ޓިކެޓް ގަތުމަށް ޑިމާންޑް މިހާ ބޮޑުވި ފުރަތަމަ ފަހަރެވެ.

ޗައިނާ އަދި ރާއްޖެ ބައްދަލު ކުރާ މެޗަށް ވިއްކަން ހަމަޖެހިފައިވަނީ 3500 ޓިކެޓެވެ. އޭގެ ތެރެއިން އަވޭ ޓީމަށް 1410 ޓިކެޓް ވިއްކާނެއެވެ. އެހެންކަމުން ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކާނީ 2090 ޓިކެޓެވެ.

2001 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުގައި ރާއްޖޭގައި ކުޅެގެން 1-0 ގެ ނަތީޖާ އަކުން ޗައިނާ ވަނީ މޮޅުވެފައެވެ. މި މެޗު ބެލުމަށް ޗައިނާގެ ދުއިސައްތަ އެއްހާ ސަޕޯޓަރުން ދަނޑަށް ވަތް އިރު މިފަހަރު ޗައިނާ އަށް ވިއްކަން ހަމަޖެހިފައިވާ 1410 ޓިކެޓް ވިކި ހުސްވާނެ ކަމަށް ބެލެވެއެވެ.

ޓިކެޓު ގަންނަން ގޮސް ހުރި ސަޕޯޓަރަކު ބުނީ މި މެޗު ބެލުމަށް ގަލޮޅު ދަނޑަށް މި ވަންނަނީ 3 އަހަރު ފަހުން ކަމަށާއި މިއީ ދަގަނޑޭ އަށް ކޮށްދޭ ކަމެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ދިވެހި ސަޕޯޓަރުން ތިބީ ދަގަނޑޭ އާއި އެކުގައި ކަމަށާއި އޭނާގެ ހިތްގައިމު ކުޅުމާއި އެކު މި މެޗުން މޮޅުވާތަން ބަލަން ބޭނުންވާ ކަމަށެވެ.

ދަގަނޑޭ ގައުމީ ސްކޮޑުގައި އަލުން ހިމެނުމާއިއެކު މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.

ގައުމީ ސްކޮޑުގައި ދަގަނޑޭ އަލުން ހިމެނުން އިރު އޭނާ ވަނީ އާދީއްތަ ދުވަހުގެ ރޭ ބޭއްވުނި ފަރިތަކުރުން ތަކުގައި ވެސް ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
67%
33%
0%
0%
0%
0%
ކޮމެންޓް
9 ސެޕްޓެންބަރ 2019 | ހޯމަ 09:40
ހަބީބު.
ދިވެހިންނަކީ ވަރައް ގަމާރުބައެއް ހަނދާންނެތޭބައެއް ވެއްޓޭމީހާ ވައްޓާ ގަންބުވާބައެއް ކާމިޔާބެއް ހޯދައިގެން ތެދުވެ ދުއްވައިގަތީމަ އެދުވަހު ކުރިއަނިޔާ ފޮރުވާބައެއް ތަފާތު ކުރުން ބޮޑު ސަރުކާރުތަކެއް ހދ އަތޮޅަކީ ފަތުރުވެރިކަން ނެތްއަތޮޅެއް ހަނިމަދޫން ޖެހިފައޮތް އިންޑިޔާއައް ޓިކެޓު 199 ޑޮލަރު ހުޅުލެއިން 150 ޑޮލަރު ކޮބައިތޯ އިންސާފެއް ލައިލާގެ ބައްޕަ އަންނީގެ ބަފައިބެ ވައިކަރަމުރައިދޫ ބަނޑުދޮށުލައިގެން ހުރެ ހދ ކުރަނީ ޖެއްސުން މިކަން ހަނދާން އެބަހުރިބާ