ހުކުރު 28 ފެބުރުއަރީ 2020
ފުރަބަދުރުވަ 2
1441 ރަޖަބު 05
ފަތިސް 05:05
އިރުއަރާ 06:16
މެންދުރު 12:23
އަސްރު 15:36
މަޣްރިބް 18:21
އިޝާ 19:33
ލުއި ޚަބަރު - ސާހޯ

ސާހޯ އަކީ ފްރެންޗް ފިލްމެއްގެ ކޮޕީއެއް ކަމަށް ބުނެފި

  • ސާހޯގެ ޑައިރެކްޓަރު އެވާހަކަތައް ދޮގުކުރޭ

އަލީ ސަމާޚް
AliSamah8

ކ. މާލެ 9 ސެޕްޓެންބަރ 2019 | ހޯމަ 12:29 1,125

ފްރެންޗް ފިލްމު ލާގޯ ވިންޗް އަދި ސާހޯގެ ޕޯސްޓަރު - ޓްވިޓަރ

ޕްރަބާސްއާ ޝްރައްދާގެ ފިލްމު ''ސާހޯ'' އަކީ 2008 ވަނަ އަހަރު ނެރުނު ފްރެންޗް ފިލްމު '' ލާގޯ ވިންޗް'' ގެ ކޮޕީއެއް ކަމަށް ބުނެފިއެވެ.

އެ ފިލްމުގެ ޑައިރެކްޓަރު ޖެރޯމް ސައްލެ ވަނީ ސާހޯ އިން އޭނާގެ މަސައްކަތް ކޮޕީ ކޮށްފައިވާ ކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ. ސާހޯ އިން އޭނާގެ މަސައްކަތް ''ވަގަށް'' ނަގާފައިވާ ކަމަށް ޖެރޯމް ވަނީ ތުހުމަތު ކޮށްފައެެވެ. މިއީ ޖެރޯމްގެ މިފަދަ ތުހުމަތު ތަކެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު ނެރުނު ތެލަގޫ ފިލްމު އަގްނަޔާތަވާސީ އަކީ ވެސް ''ލާގޯ ވިންޗް'' ކޮޕީކޮށްގެން ހަދާފައިވާ ފިލްމެއް ކަމަށް ޖެރޯމް ވަނީ މީގެ ކުރިން ބުނެފައެވެ.

ޖެރޯމްގެ އެ ތުހުމަތުތަކަށް ރައްދުދެމުން ސާހޯގެ ޕްރޮޑިއުސަރު ސުޖީތް ބުނީ، އެ ފިލްމަކީ ކޮޕީއެއް ކަމަށް ބުނާ މީހުން ފުރަތަމަ ފިލްމު ނުބަލައި ވާހަކަ ދައްކަނީ ކަމަށެވެ. އެހެން ނަމަވެސް އެ ފިލްމަށް ލިބެމުންދާ ތާއިދު އަދިވެސް ދަނި އިތުުރުވަމުން ކަމަށް ސުޖީތް ވަނީ ބުނެފައެވެ.

ޖުމްލަ 350 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ސާހޯ ފިލްމަށް އަށް ދުވަހުން މިހާތަނަށް 280 ކްރޯޑް ވަނި ލިބިފައެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު ނެރުނު އެ ފިލްމްވަނީ ހިންދީ ބަހުގެ އިތުރުން ޓެމިލް، ތެލުގު އަދި މަލަޔާލަމް އިން ރިލީޒް ކޮށްފައެވެ. ސުޖީތް ޑައިރެކްޓް ކޮށްފައިވާ މި އެކްޝަން ތްރީލާގައި ޕަރްބާސް އާއި ޝްރައްދާގެ އިތުރުން ނީލް ނިތިން މުކޭޝް، ޗަންކީ ޕާންޑޭ، ޖެކީ ޝްރޯފް އަދި މަންދިރާ ބޭދީ ފެނިގެން ދެއެވެ.

"ސާހޯ" ގައި ފެނިގެން ދަނީ ގޭންގްސްޓާރުންނާއި އެކި ވައްތަރުގެ ކުށްވެރިން ބާރުގެ ދަށުގައި އޮންނަ ވާޖީކިޔާ ސިޓީއެއް ސާފުކުރަން އިންޓެލިޖެންސް އޮފިސަރަކު ކުރާ މަސައްކަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް