ކ. މާލެ
|
8 ސެޕްޓެންބަރ 2019 | އާދީއްތަ 16:43
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ
ރައީސް އޮފީސް
ރަނިލް ވިކްރަމަސިންހަ
ރިޔާސީ ކެންޑިޑޭޓްކަން އަމިއްލައަށް އިއުލާނު ނުކުރައްވާ ކަމަށް ރަނިލް ވިދާޅުވެއްޖެ
 
ބައެއް ފަރާތްތަކުން ބުނެފައި ވަނީ އިންތިޚާބުގައި ވާދަކުރައްވަން ރަނިލްގެ ހިޔާލުފުޅު ހުންނެވި ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށް
 
ގޮތެއް ނިންމާނީ އެ ކޮމިޓީން ކަމަށް ރަނިލް ވިދާޅުވި
 
ވިކްރަމަސިންހަ ވިދާޅުވެފައި ވަނީ ރިޔާސީ ކެންޑިޑޭޓަކާ މެދު އެމަނިކުފާން ދެކެވަޑައިގަންނަވާ ގޮތް ޕާޓީގެ ވޯކިން ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް

ސްރީލަންކާގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓުކަން އިއުލާނުކުރެއްވީ އަމިއްލަފުޅަށް ނޫން ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޑިޑޭޓަކާ މެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ޕާޓީގެ ވޯކިން ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށާއި އެއަށްފަހު ގޮތެއް ނިންމާނީ އެ ކޮމިޓީން ކަމަށް ވިކްރަމަސިންހައާ ހަވާލާ ދެއްވައި އޭނާގެ ތަރުޖަމާން އާދިއްތަ ދުވަހު ވިދާޅުވެފައިވެއެވެ.

ވިކްރަމަސިންހަ އެފަދައިން ވިދާޅުވެފައިވަނީ، ޔޫއެންޕީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއް ނެރުމުގައި މިހާރު ދިމާވެފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި ޕާޓީގެ އިސް އޮފިޝަލުންތަކަކާއިި ހޮނިހިރު ދުވަހު ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. އެ ބައްދަލުވުމަށް ފަހު ބައެއް ފަރާތްތަކުން ބުނެފައި ވަނީ އިންތިޚާބުގައި ވާދަކުރައްވަން ރަނިލްގެ ހިޔާލުފުޅު ހުންނެވި ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ވިކްރަމަސިންހަގެ އޮފީހުގެ ތަރުޖަމާނަކު ވިދާޅުވެފައިވަނީ ކެންޑިޑޭޓަކާ މެދު ގޮތެއް ނިންމާނީ ޕާޓީގެ ވޯކިން ކޮމިޓީން ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށެވެ.

ޑެޕިއުޓީ ލީޑަރު އަދި ހައުސިން މިނިސްޓަރު ސަޖިތު ޕްރެމަދާސާ ވެސް ގެންދަވަނީ ކުރިއަށް އޮތް ޑިސެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޔޫއެންޕީގެ ފަރާތުން ވާދަކުރެއްވުމަށް ކެމްޕޭންތައް ކުރައްވަމުންނެވެ.

ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މިހާރު ވަނީ ރާޖަޕަކްސާގެ ކޮއްކޯފުޅު އަދި ކުރިން ޑިފެންސް ސެކްރެޓަރީކަން ކުރެއްވި ގޮތަބަޔާ ރާޖަޕަކްސާ ހަމަޖައްސައިފައެވެ.

ކުރިއަށް އޮތް އިންތިޚާބުތަކުގައި އެކުވެރިކަމާއެކު މަސައްކަތް ކުރުމާ ގުޅޭ ގޮތުން ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި އިދިކޮޅު ލީޑަރު ރާޖަޕަކްސާ ބައްދަލު ކުރައްވައި، ސިލްސިލާ މަޝްވަރާތަކެއް ދަނީ ކުރައްވަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް