އާދީއްތަ 22 ސެޕްޓެންބަރ 2019
02 އަތަ
1441 މަހައްރަމް 23
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15
ލުއި ޚަބަރު - އާލިޔާ ބަޓް

މި ފަހަރުގެ ޕީޕަލްސް ޗޮއިސް އެވޯޑަށް ނޮމިނޭޓްވި ހަމައެކަނި އިންޑިއާގެ އެކްޓަރަކަށް އާލިއާ

  • ޕްރިޔަންކާ ވަނީ އެ އެވޯޑް މީގެ ކުރިން ހޯދާފައި

އަލީ ސަމާޚް
AliSamah8

ކ. މާލެ 8 ސެޕްޓެންބަރ 2019 | އާދީއްތަ 16:40 1,642

އާލިޔާ ބަޓް - ބޮލީވުޑް ހަންގާމާ

އެމެރިކާގެ ''އީ'' ޗެނަލް އިން އިންތިޒާމު ދޭ 45 ވަނަ ''ޕީޕަލްސް ޗޮއިސް އެވޯޑް'' ގެ ''މޯސްޓް އިންސްޕަޔަރިން އޭޝިއަން ވިމެން'' ކެޓަގަރީ އަށް ބޮލީވުޑްގެ ތަރި މި އާލިޔާ ބަޓް ނޮމިނޭޓް ވެއްޖެއެވެ.

އެ ކެޓަގަރީން އާލިޔާ އެކު ވާދަކުރަނީ، ތައިލެންޑްގެ މޮޑެލް ޗޮޓިމޮން، ސައުތު ކޮރެޔާގެ ލަވަކިޔުންތެރިޔާ ސީއެލް، އެކްޓަރު ޖުންގު ޔުމީ، ތައި އެކްޓަރު ޕްރަޔާ ލުންބޮކް، އިންޑޮނޭޝިޔާގެ ރަލިން ޝާހު އެވެ. އެވޯޑް ހަފްލާ ބާއްވަން ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ނޮމިނޭޓްވާ ފަރާތްތައް ހޮވަނީ އާއްމުންގެ ވޯޓުންނެވެ. 1975 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ ޕީޕަލްސް ޗޮއިން އެވޯޑް ފުރަތަމަ ފުރަތަމަ ދިނީ 14 ކެޓަގަރީ އަކުންނެވެ. އޭގެ ފަހުން 2016 ވަނަ އަހަރު 74 ކެޓަގަރީއަކަށް ބަދަލު ކުރިއެވެ.

އުމުރުން 26 އަހަރުގެ އަލިޔާ އަކީ މި އަހަރުގެ ޗޮއިސް އެވޯޑަށް ނޮމިނޭޓްވި ހަމައެކަނި އިންޑިއާގެ އެކްޓަރެވެ. އެ އެވޯޑް މިހާތަނަށް ހޯދާފައިވާ ހަމައެކަނި ތަރިއަކީ ޕްރިޔަންކާ ޗޯޕްރާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް