ކ. މާލެ
|
7 ސެޕްޓެންބަރ 2019 | ހޮނިހިރު 20:21
ޗެމްޕިއަން ސީ ސްކޮޑު
ޗެމްޕިއަން ސީ ސްކޮޑު
ރާއްޖެއެމްވީ
ކޭ ކްލަބް ފުޓްސަލް ކަޕް 2019
ކޭ ކްލަބް ފުޓްސަލް ކަޕް 2019: ގަބީލާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ސީ ސްކޮޑު
 
ސީ ސްކޮޑުން ގަބީލާ ބަލިކުރީ ޕެނަލްޓީ ޖަހައިގެން

ކުރަމަތި އަލޭންޑް ރިސޯޓުގައި ބޭއްވި ކޭ ކްލަބް ފުޓްސަލް ކަޕް 2019 ގައި ގަބީލާ ބަލިކޮށް ސީ ސްކޮޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ހުކުރު ދުވަހު ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ދެޓީމު ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެގޮތުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ފައިނަލް މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ އަދި ލަސް ކުޅުމެކެވެ. ނަމަވެސް ލަނޑު ޖެހުމަށް ދެޓީމުންވެސް ފުލުފުލުގައި ފުރުސަތުތައް ހޯދިއެވެ.

މެޗުގެ ވަކި ހިސާބަކުން ސީ ސްކޮޑުން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، ކައިރި ކައިރީގައި އެޓީމުން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެއީ މުހައްމަދު އާދިލް ކާމިޔާބުކުރި ދެ ލަނޑެވެ.

ނަމަވެސް ހާފް ނިމުމުގެ ކުރިން ގަބީލާއިންވެސް ވަނީ ލަނޑެއް ކާމިޔާބުކޮށް، ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރީ އަހުމަދު ސިރާޖެވެ. އެގޮތުން ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ސީ ސްކޮޑު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ގަބީލާއިން އެޓީމުގެ ކުޅުން ވަރުގަދަކޮށްފައިވާއިރު، އެޓީމުން ވަނީ ދެ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނަގާފައެވެ. ލަނޑުތައް ކާމިޔާބުކުރީ ސިރާޖާއި، އަލީ ޝަހުދުއެވެ.

ނަމަވެސް ސީ ސްކޮޑުން ވަނީ ދުލެއް ދިނުމެއް ނެތި، ފުލުފުލުގައި ހަމަލާތައް އުފައްދާފައެވެ. އެގޮތުން މެޗު ނިމުމުގެ ކުރިން އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ލަނޑު ކާމިޔާބުކުރީ އަހުމަދު ޝާހުއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ގަބީލާގެ ސިރާޖެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ގަބީލާގެ ސިރާޖުގެ އިތުރުން އިތިރި އެފްސީގެ ޔޫސުފް އަލީ އާއި ސީ ސްކޮޑުގެ އަބްދުﷲ ރަޝީދު އާއި އަހުމަދު މަޖީދުގެ އިތުރުން ދުނޑި ހައުސް ކީޕިންގެ މާހިދު އިބްރާހިމްއެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަހުމަދު މަޖީދުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް