ކ. މާލެ
|
7 ސެޕްޓެންބަރ 2019 | ހޮނިހިރު 20:03
އަލީ އަޝްފާގު (ދަގަނޑޭ)
އަލީ އަޝްފާގު (ދަގަނޑޭ)
އިމޭޖަސް.އެމްވީ
އަލީ އަޝްފާގު (ދަގަނޑޭ)
ފިއްތުންތަކާއެކު ދަގަނޑޭ ގައުމީ ޓިމަށް ނަގައިފި
 
ދަގަނޑޭގެ ނަން ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގެ ލިސްޓުގައި ވަނީ ހިމަނާފައި

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޓީމަށް ނަގައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދަގަނޑޭ ވަނީ ގައުމީ ޓިމަށް ނަގައި، ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ލިސްޓުގައި ހިމަނާފައެވެ. އަދި އޭނާ މިހާރު ވަނީ ޓީމު ކޭމްޕްކުރަމުން އަންނަ ހޮޓެލް ޖެންއަށް ގޮސް ޓީމާ ގުޅިފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ދޮޅު އަހަރަށްފަހު ދަގަނޑޭ ގައުމީ ޓީމަށް ނަގާފައިވަނީ އޭނާ ޓީމަށް ނެގުމަށް އެދި އެތައް ބަޔަކު ގޮވައިލަމުންދިޔަ ދަނޑިވަޅެއްގައެވެ. އަދި ކޯޗު ޕީޓަރ ސެގާޓް ދަގަނޑޭ ޓީމަށް ނުނެގީ މުސްކުޅިވުމުން ކަމަށްވެސް މީގެކުރިން ވަނީ ބުނެފައެވެ.

މި ނިންމުމާއެކު މިނިސްޓަރ އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުން އެދުނު ގޮތަށް ދަގަނޑޭއަށް ގައުމީ ޓީމުން ފުރުސަތު ދެއްވީތީ ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ޝުކުރު އަދާކުރާ ކަމަށާއި، ވާހަކަ ދައްކައިގެން ކަންކަމަށް ހައްލު ހޯދޭނެ ކަމަށެވެ.

ދަގަނޑޭ އެންމެ ފަހުން ގައުމީ ޖޯޒީގައި ފެނިފައިވަނީ 2017 ވަނަ އަހަރެވެ. އޭނާއަށް ޓީމުން ފުރުސަތު ނުދީ ސްކޮޑުން ބާކީ ކުރީ މިދިޔަ އަހަރު ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވި ކަމަށް ބުނެއެވެ.

އަންގާރަ ދުވަހު ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން މާލޭގައި ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
89%
0%
0%
0%
11%
ކޮމެންޓް