ކ. މާލެ
|
7 ސެޕްޓެންބަރ 2019 | ހޮނިހިރު 21:15
އެޖެންޓް 47
އެޖެންޓް 47
ގޫގުލް
ހިޓްމޭން
''އެޖެންޓް 47'' ގެ ޑެޑްލީ ވެކޭޝަން ރާއްޖޭގައި!
 
ރިލީޒް ކުރަނީ މި މަހު 24 ގައި

މިޝަން ތަކުން ދުވަސްކޮޅަކަށް ދުރަށް ޖެހިލަންވެގެން އެޖެންޓް 47 ހުރީ ބޭނުންވެފައެވެ. އެހެން ނަމަވެސް އެޖެންޓައް އިރުޝާދު ދޭމީހުންގެ ޕްލޭން ތަފާތެެވެ. ހިޓްމޭން 2 ގޭމުގެ އާއި މެޕް މި މަހުގެ 24 ގައި ނެރޭއިރު އެ މެޕްގައި ފެނިގެންދާނީ ''ހާވެން އައިލެންޑް'' ނަމަކަށް ކިޔާ ރާއްޖޭގެ ރިސޯޓެކެވެ. އެ މެޕްގައި ބުނާ ގޮތުން އެޖެންޓް ރާއްޖެ އަންނަނީ ތިން މީހަކު ހޯދުމަށެވެ.

އެ މެޕްގައި ދައްކުވައިދޭ ''ހާވެން ރިސޯޓް'' ގެ މޫދުގައި ގޭމް ކުޅޭ ޕްލޭޔަރުންނަށް އަރާމް ކޮށްލެވޭނެއެވެ. އަ މެޕް ސްޓިރީމް ކުރަން ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ހިޓްމޭން ގޭމަކީ 2016 ވަނަ އަހަރު ނެރުނު ހިޓްމޭން ފިލްމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ގޭމެކެވެ. އެ ގޭމުގައި '' އެޖެންޓް 47' އަކީ އިންޓަނޭޝަނަލް ކޮންޓްރެކްޓް އެޖެންސީ (އައިސީއޭ) ގައި މަސައްކަތް ކުރާ މީހެކެވެ. އެ ގޭމުގައި ހަތް މިޝަނެއް ހިމެނޭއިރު އެޖެންޓުގެ މަސައްކަތަކަށް ވަނީ އެ ސަރަހައްދު ތަކަށް ދަތުރުކޮށް ނުރައްކާތެރި ކުށްވެރިން މަރާލުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
83%
0%
17%
0%
0%
ކޮމެންޓް