ކ. މާލެ
|
7 ސެޕްޓެންބަރ 2019 | ހޮނިހިރު 18:40
މަރްުޖާވާގެ ޕޯސްޓަރު
މަރްުޖާވާގެ ޕޯސްޓަރު
އިންސްޓަގްރާމް
މަރްޖާވާ
ސިދާތްގެ ''މަރްޖާވާން'' ރިލިޒްކުރާ ތާރީހު އަވަސްކޮށްފި
 
ކުރިން ރިލީޒް ކުރަން ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހު

ސިއްދާތް މަލްހޯތްރާ އާއި ރިތޭޝް ދޭޝްމުކްގެ ''މަރްޖާވާން'' ފިލްމު ރިލީޒް ކުރާ ތާރީހު އަވަސް ކޮށްފިއެވެ.

ކުރިން ޝެޑިއުލް ކޮށްފައިވާ ގޮތުން ފިލްމު ރިލީޒް ކުރާނީ ނޮވެމްބަރު މަހުގެ 22 ގައެވެ. އެހެން ނަމަވެސް މިހާރު ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހު ކަމަށް ސިދާތް ކޮށްފައިވާ ޓްވީޓެއްގައި ވަނީ ބުނެފައެވެ. ސިދާތްއާ އެކު '' އެކްވިލަން'' ފިލްމުގައި ފެނިގެން ދިޔަ ރިތޭޝް ވަނީ ފިލްމުގެ އައު ޕޯސްޓަރު ސޯޝަލް މިޑިއާގައި ހިއްސާކޮށްފައެވެ.

މިއީ ފިލްމުގެ ރިލީޒް ކުރާ ތާރީހު އަވަސްވި ފުރަތަމަ ފަހަރެއް ނޫނެވެ. އޮކްޓޫބަރު މަހު ވެސް އެ ފިލްމު ރިލީޒް ކުރަން ނިންމިއެވެ. އޭރު ފިލްމު ރިލީޒް ކުރަން ލަސްކުރަން ޖެހުނީ ރިތިކް ރޯޝަން އާއި ޓައިގާ ޝްރޯފްގެ ''ވާ'' ފިލްމު ރިލީޒް ކުރާ ދުވަހާ ދިމާވުމުންނެވެ.

މަރްޖާވާން ފިލްމަކީ އެކްޝަން ޑްރާމް ފިލްމެކެވެ. ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ފިލްމު ޑައިރެކްޓްކުރަނީ ސިދާތްގެ '' އޭކްވިލަން'' ވެސް ޑައިރެކްޓް ކޮށްފައިވާ މިލަޕް ޒަވޭރީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު