ހޮނިހިރު 21 ސެޕްޓެންބަރ 2019
01 އަތަ
1441 މަހައްރަމް 22
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16
ދުނިޔެ - އިރާން

އިރާނުން ތެޔޮ ވަގަށް ނަގަނީ ކަމަށް ބުނެ ބޯޓެއް ހިފަހައްޓައިފި

  • ޓަގް ބޯޓުގައި 12 ފަޅުވެރިން ތިބި
  • ޓަގް ބޯޓުގައި 283،900 ލީޓަރުގެ ޕެޓްރޯލް ހުރި
  • އިރާނުން ބުނީ މި މީހުންނަކީ ތެލުގެ ވަގު ވިޔަފާރި ކުރާ ކަމުގެ ތުހުމަތު އޮންނަ ބަޔެއް ކަމަށް

ފާތިމަތު އުދުމާ
udhooooo

ކ. މާލެ 7 ސެޕްޓެންބަރ 2019 | ހޮނިހިރު 16:33 7,043

އިރާނުން ވަނީ ޖުލައި 31 ވަނަ ދުވަހު ވެސް ތެޔޮ ވަގަށް ނަގާކަމަށް ބުނެ ބޯޓެއް ހިފަހައްޓާފައެވެ. - އެރަބް ނިއުސް

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި ބޯޓެއް ތެޔޮ ވަގަށް ނަގާ ކަމަށް ބުނެ އިރާނުން ހިފަހައްޓައިފިއެވެ.

ހޮނިހިރު ދުވަހު އިރާނުން ހިފެހެއްޓި މި ބޯޓުގައި ފިލިޕީންސްގެ 12 ފަޅުވެރިން ތިއްބެވެ.

އައިއެސްއެންއޭ ގައި ހޮރްމޫޒްގަންގެ ސައުތް ޕްރޮވިންސްގެ ކޯސްޓް ގާޑް ޗީފް، މޭޖަރ ހުސައިން ދެހަކީ އާ ހަވާލާދީ ރިޕޯރޓް ކުރާ ގޮތުގައި އިރާނުން ހިފަހައްޓާފައިވާ ޓަގް ބޯޓުގައި 283،900 ލީޓަރުގެ ޕެޓްރޯލް ހުރިއެވެ. އެއީ 20.2 މިލިއަން އެމެރިކާ ޑޮލަރުގެ ޕެޓްރޯލެވެ.

ދެހަކީ އިތުރަށް ބުނެފައިވަނީ ފިލިޕީންސްގެ މި މީހުންނަކީ ތެލުގެ ވަގު ވިޔަފާރި ކުރާ ކަމުގެ ތުހުމަތު އޮންނަ ބަޔެއް ކަމުގައެވެ. އަދި އަތުލެވިފައިވާ ޕެޓްރޯލް މިހާރު ހުރީ ހޮރްމޫޒް ކަނޑުއޮޅީގައި ހުންނަ ސިރިކް ކައުންޓީގައި ކަމަށެވެ.

އިރާނުން ޓަގްބޯޓު ހިފަހައްޓާފައި މިވަނީ އެމެރިކާއިން އިރާނާއެކު ވެފައިވާ ނިއުކްލިއަރ ހަތިޔާރާ ގުޅޭ އެއްބަސްވުމުން ވަކިވުމާގުޅިގެން ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިކަމާ ވިދިގެން ހޮރުމޫޒް ކަނޑުއޮޅިން ބޯޓުތަކަށާއި ޑްރޯންސްތަކަށް ހަމަލާދީ ތެޔޮ ޓޭންކަރުތައް ހިސާރުކުރުން ވަނީ އާންމުވެފައެވެ.

އިރާނުން ވަނީ ޖުލައި 31 ވަނަ ދުވަހު ވެސް ތެޔޮ ވަގަށް ނަގާކަމަށް ބުނެ ބޯޓެއް ހިފަހައްޓާފައެވެ. ބޯޓުގައި ހަތް ފަޅުވެރިން ތިބި ކަމަށް މައުލޫމާތު ދިން ކަމުގައި ވިއަސް މިއީ ކޮން ބޯޓެއް ކަން އަދި ކޮން ގައުމަކަށް ނިސްބަތްވާ ފަޅުވެރިން ތަކެއް ކަމެއް އިރާނުން ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް