ހުކުރު 28 ފެބުރުއަރީ 2020
ފުރަބަދުރުވަ 2
1441 ރަޖަބު 05
ފަތިސް 05:05
އިރުއަރާ 06:16
މެންދުރު 12:23
އަސްރު 15:36
މަޣްރިބް 18:21
އިޝާ 19:33
ލުއި ޚަބަރު - ނިކި މިނާޖް

އާއިލާއަށް ވަގުތުދޭންވެގެން ނިކީ މިނާޖް މިއުޒިކް އިންޑަސްޓްރީއާ ދުރަށް

  • އެމެރިކާ އަށް ބަދަލުވީ ފަސް އަހަރުގައި

އަލީ ސަމާޚް
AliSamah8

ކ. މާލެ 7 ސެޕްޓެންބަރ 2019 | ހޮނިހިރު 15:36 2,619

ނިކީ މިނާޖް - ރޮއިޓަރސް

ބުރާސްފަތި ދުވަހު ނިކީ މިނާޖް އޭނާގެ ފޭނުން ހައިރާން ކޮށްލީ އާއިލާ އަށް އިސްކަންދިނުމަށް ރެޕް އިންޑަސްޓްރީން ދުރަށްދާން ނިންމި ހަބަރުންނެވެ.

އުމުރުން 36 އަހަރުގެ ކާމިޔާބު ރެޕާ ކޮށްފައިވާ ޓްވީޓެއްގައި ބުނީ، އާއިލާ އެއް ބިނާކުރުމަށް މިއުޒިކް އިންޑަސްޓްރީއާ ދުރަށްދާން ނިންމާފައިވާ ކަމަށެވެ. ތާއީދުކުރާ ފަރާތްތަކުން އަބަދު ވެސް އެގޮތުގައި ދެމި ތިބުމަށާއި އަބަދުވެސް ފޭނުން ދެކެ ލޯބިވާ ކަމަށް ނިކީ ކޮށްފައިވާ ޓްވީޓުގައި ވަނީ ބުނެފައެވެ.

''ސުޕަ ބޭސް'' ފަދަ މަޝްހޫރު ލަވަތަައް ކިޔާފައިވާ ނިކީ އެންގޭޖް ކޮށްގެން އުޅެނީ މިއުޒިކް އެކްޒެކެޓިވް ޕްރޮޑިއުސަރ ކެނެތް ޕެޓީއާ އެވެ. ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ކެނެތްއާ ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ނިކީ ވަނީ މީގެ ކުރިން ބުނެފައެވެ.

ނިވާކަންކުޑަ ހެދުން ލައިގެން ވީޑިއޯ ލަވަތައް ކުޅޭ ނިކީގެ ''ސްޓާ ޝިޕް' ''ބޭންގް ބޭންގް'' އަދި ''އެނަކޮންޑާ'' އަކީ އޭނާގެ ވަކިތައް މިއުޒިކް އިންޑަސްޓްރީގައި ހިއްޕާލީ ލަވަތަކެވެ.

ޓްރިނިޑާޑް އެންޑް ޓޮބަގޯގެ ސެންޓް ޖޭމްސް ސިޓީ އަށް އުފަން ނިކީގެ އަސްލު ނަމަކީ އޮނިކާ ތާންޔާ މަރާޖްއެވެ. އެމެރިކާގެ ނިއުޔޯކްގެ ކުއީންސް އަށް އުމުރުން ފަސް އަހަރުގައި އާއިލާ އެކު ހިޖުރަކުރި ނިކީ މިނާޖް މިއުޒިން އިންޑަސްޓްރީގެ ދާއިރާ އަށް ވަނދެފައިވަނީ 2004 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް