ކ. މާލެ
|
7 ސެޕްޓެންބަރ 2019 | ހޮނިހިރު 10:53
މޯލްޑިވިއަންގެ އާ ޓިކެޓް އޮފީސް
މޯލްޑިވިއަންގެ އާ ޓިކެޓް އޮފީސް
ރާއްޖެއެމްވީ
މޯލްޑިވިއަން
މޯލްޑިވިއަންގެ ޓިކެޓް އޮފީސް ހުޅުވައިފި
 
މޯލްޑިވިއަނުން އަންނަނީ ކުންފުނީގެ މަސައްކަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން

ދިވެހި ރާއްޖޭގެ ގައުމީ އެއާރލައިން މޯލްޑިވިއަނުން އެ ކުންފުނީގެ އާ ޓިކެޓް އޮފީހެއް އެސްޓީއޯ ސިޓީ ސްކްޔާގައި ހުޅުވައިފިއެވެ.

މޯލްޑިވިއަންގެ އާ ޓިކެޓް އޮފީސް ހުޅުވާފައިވަނީ އެ ކުންފުނީގެ އެންމެ ދުވަސްވީ މުވައްޒަފުންނެވެ.

އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ ކުންފުނީގެ މަސައްކަތްތައް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ކުންފުނީގެ ހިދުމަތް ފުޅާކޮށް ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ހުޅުވިގެން ދިޔަ އޮފީހުގެ ސަބަބުން މުވައްޒަފުންނަށް ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.

ރިޒްވީ އިތުރަށް ވިދާޅުވީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ޓިކެޓިން ހިދުމަތް ލިބޭނެ މޯބައިލް އެޕްލިކޭޝަނެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ.

މޯލްޑިވިއަނުން އެ ކުންފުނީގެ އާ ޓިކެޓް އޮފީސް ހުޅުވިއިރު އެކުންފުނިން ދަނީ ޗައިނާ އާއި ރާއްޖެ އާއި ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.

މޯލްޑިވިއަން އިން ދަނީ އިންޑިއާގެ ޓްރިވެންޑްރަމާއި، ޗެންނާއި އަދި ބަންގްލަދޭޝް ފަދަ ގައުމުތަކަށް ދަތުރު ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ވައިގެ ބަނދަރުތަކަށް ވެސް އެ އެއާރލައިނުން ދަތުރުތައް ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
50%
25%
0%
25%
0%
0%
ކޮމެންޓް
7 ސެޕްޓެންބަރ 2019 | ހޮނިހިރު 12:07
ކެޔޮދަޅި
ޚަބަރު ކިޔައި ނިމުނުއިރުވެސް، އެބުނާ އޮފީހެއް ހުރީ ކޮންތާކުކަމެއް ނޭގުނު. ވަރަށްދެރަ!
7 ސެޕްޓެންބަރ 2019 | ހޮނިހިރު 11:37
ޙުދަން
ޚަބަރުގަ އޮފީސް ހުންނަ ތަނެއް ވެސް އޮންނަންވާނެ ކަމަށް ދެކެން
7 ސެޕްޓެންބަރ 2019 | ހޮނިހިރު 11:29
ާމާމަ
ކޮންތާކު؟
ގުޅުންހުރި
13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
އިސްރާއީލްގެ ހަމަލާއެއްގައި ޣައްޒާގެ ފުލުހުންގެ އޮޕަރޭޝަންތަކުގެ އިސްވެރިޔާ ޝަހީދުކޮށްލައިފި
ދިރާސީ އައު އަހަރު ބަދަލުކުރީ ފިސްކަލް އައު އަހަރާއި އެލައިންކޮށް އެއްގޮތްކުރުމަށް - މިނިސްޓަރު
ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ
"ވ.ކެޔޮދޫ ސްކޫލްގެ 4 ބުރީގެ އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާތާ 400އެއްހާ ދުވަހުގެތެރޭގައި އެ މަސައްކަތް ނިމޭނެ"
އުރީދޫ އާއި ޤިބްލަ ހައްޖު އަދި އުމްރާ ގުރޫޕާއެކު ކަސްޓަމަރުންނަށް ހާއްސަ އުމްރާ ދެ ދަތުރު ހޯދުމުގެ ފުރުސަތު!
ގިރާވަރުފަޅު ލޭންޑް ޔޫސް ޕްލޭނާގުޅޭ މަޝްވަރާއަށް ގޯތި ލިބުނު މީހުންނާ ބައްދަލުކުރަނީ
ސުންނާފަތިކޮށްފައިވާ ގޭގައި ރޯދަވީއްލަން ތިބުން ނޫން ގޮތެއް ނެތެވެ. އިމާރާތުގެ ބައިތަކުގެ ދަށުގައި ޤަބުރުތަކެވެ!