ކ. މާލެ
|
6 ސެޕްޓެންބަރ 2019 | ހުކުރު 22:38
ލެބަނަން އާއި އިސްރާއިލް ބޯޑަރުގައި އެންމެ ފަހުން ހަމަލާ ބަދަލުކޮށްފައިވަނީ އާދިއްތަ ދުވަހު
ލެބަނަން އާއި އިސްރާއިލް ބޯޑަރުގައި އެންމެ ފަހުން ހަމަލާ ބަދަލުކޮށްފައިވަނީ އާދިއްތަ ދުވަހު
އެރަބް ނިއުސް
ލެބަނަން
ލެބަނަން އަށް އަންނަ ކޮންމެ ހަމަލާއެއްގެ ޒިންމާ ނަގަންޖެހޭނީ އިސްރާއިލުން
 
ހަޒްބުއްލާއިން އިސްރާއިލްގެ ޑްރޯންތަކަށް ހަމަލާދޭނަން
 
ލެބަނަން އަށް އަންނަ ހަމަލާތަކުގެ ދިފާއުގައި ހަމަލާދޭނަން

ލެބަނަން އަށް އަންނަ ކޮންމެ ހަމަލާއެއްގެ ޒިންމާ ނަގަނަޖެހޭނީ އިސްރާއިލުން ކަމަށް ލެބަނަންގެ ރައީސް މިޝެލް އައުން ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު އދ އިން ލެބަނަން އަށް ހާއްސަކޮށްފައިވާ ކޯޑިނޭޓަރު ޖަން ކިއުބިސް އާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އައުން ވިދާޅުވެފައި ވަނީ ލެބަނަންގެ ބޯޑަރަށް ދެވޭ ހަމަލާތަކުގެ ދިފާއުގައި ހަމަލާ ދޭނެކަމަށާއި ލެބަނަން އަށް ކުރާ ކޮންމެ ހަމަލާއެއްގެ ޒިންމާ ނަގަން ޖެހޭނީ އިސްރައިލުން ކަމުގައެވެ.

އައުން މިހެން ވިދާޅުވެފައި މި ވަނީ ލެބަނަންއާ އިސްރާއިލާ ދެމެދު އޮންނަ ބޯޑަރު މަތީގައި ހަޒްބުއްލާ ޖަމާއަތާ އިސްރާއީލާ ދެމެދު ހަމަލާތައް ބަދަލުކުރެވިފައި ވަނިކޮށެވެ. އާދިއްތަ ދުވަހު މި ދެފަރާތުގެ ދެމެދު ހިނގި ހަމަލާތަކަށްފަހު ބޯޑަރު މަތީގެ ހަމަލާތައް ވަނީ ހުއްޓިފައެވެ.

ހަމަލާތަކާ ގުޅިގެން އިސްރާއިލުން ބުނެފައިވަނީ އެ ގައުމުން ހަމަލާދިނީ އެ ގައުމުގެ އަސްކަރިއްޔާގެ އުޅަނދު ތަކަށާއި ބޭސް އަކަށް އެންޓި-ޓޭންކް މިސައިލްގެ ހަމަލާތަކެއް ދިނުމުން ކަމަށެވެ. މި ހަމަލާތަކުގައި އިސްރާއީލްގެ އަސްކަރީ އުޅަނދަކާ، އެ އުޅަނދުގައި ތިބި މީހުން ޒަހަމްކޮށްލާ މަރާލާފާވާނެ ކަމަށް ހަޒްބުއްލާއިން ބުންޏެވެ. ނަމަވެސް އިސްރާއިލުން ބުނެފައި ވަނީ ހަމަލާގައި އެއްވެސް މީހަކު މަރުވެފައި ނުވާކަމަށެވެ.

ހައްޒްބުއްލާގެ ލީޑަރު ސައްޔިދު ހުސައިން ނަސްރުއްލާ ވަނީ މި ހަމަލާތަށް މިހާރު ނިމިފައިވީނަމަވެސް އެ ޖަމާއަތުން ކުރިއަށް އޮތްތާނގައި ލެބަނަންގެ ވައިގެ ބޯޑަރު ހުރަސްކުރާ އިސްރާއިލްގެ ޑްރޯންސްތަކަށް އަމާޒުކޮށް ހަމަލާދޭނެކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް