އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ބޮލީވުޑް

އާލިއާ އާއި ރަންބީރުގެ ކައިވެނީގެ ފޮޓޯއެއް އާންމުވެއްޖެ

  • ކުނާލް ބުނެފައިވަނީ އެއީ އެޑިޓެއް ކަމަށް

ކ. މާލެ | 6 ސެޕްޓެންބަރ 2019 | ހުކުރު 19:15 | 88,002

އާލިއާ ބަޓް އާއި ކުނާލް ތާކުރު - ހިންދުސްތާނީ ޓައިމްސް

ބޮލީވުޑްގެ ދެ ލޯބިވެރިންކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ކައިވެނި ކުރާ ފޮޓޯއެއް އާންމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ފޮޓޯއަކީ އަސްލެއް ނޫންކަމަށާއި އެއީ ކުނާލް ތާކުރު އާއި އާލިއާ ދާދިފަހުން ކުޅެފައިވާ އެޑެއްގެ ވީޑިއޯއިން އެޑިޓްކޮށްފައިވާ ފޮޓޯއެއް ކަމަށް ވީޑިއޯގައި ފެނިގެންދާ ކުނާލް ވަނީ ޔަގީންކޮށްދީފައެވެ.

އެޑިޓް ކޮށްފައިވާ އެފޮޓޯގައި އާލިއާ އާއި ކުނާލް ކައިވެނީގެ ހެދުމުގައި ތިބިއިރު ކުނާލްގެ ބަދަލުގައި ފެނިގެންދަނީ ރަންބީރުގެ މޫނެވެ.

ދާދިފަހުން "ކަބީރު ސިންގް" ގައި ޝާހިދު ކަޕޫރުގެ ރައްޓެއްސެއްގެ ރޯލް އަދާކޮށްފައިވާ ކުނާލް މިޑްޑޭ އަށް ބުނެފައިވަނީ އެޑިޓް ކޮށްފައިވާ އެފޮޓޯފެނިފައި އެނާ ސަޕްރައިޒްވި ކަމަށެވެ.

އެކަމުން ދޭހަކޮށްދެނީ އާލިއާ އާއި ރަންބީރުގެ ކައިވެންޏަށް ފޭނުން ކެތްމަދުވެފައި ތިބިކަން ކަމަށް ކުނާލް ވަނީ ބުނެފައެވެ.

ކުނާލް އާއި އާލިއާ ކުޅެފައިވާ މި އިޝްތިހާރުގެ ފޮޓޯއާއި ވީޑިއޯ އާލިއާ ވަނީ މިދިޔަ ހަފްތާގައި އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

އާލިއާ އާއި ރަންބީރު އެކުގައި ކުޅޭ ފުރަތަމަ ފިލްމް "ބްރަމާސްތްރާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.