ކ. މާލެ
|
6 ސެޕްޓެންބަރ 2019 | ހުކުރު 17:04
ފިޒިކަލް ފިޓްނަސް ސެންޓަރު
ފިޒިކަލް ފިޓްނަސް ސެންޓަރު
ފިޒިކަލް ފިޓްނަސް ސެންޓަރު
ފިޒިކަލް ފިޓްނަސް ސެންޓަރު
ފިޒިކަލް ފިޓްނަސް ސެންޓަރުން އާންމުންނަށް ހިލޭ ބައެއް ކްލާސްތައް އަންނަ ހަފްތާގައި
 
ކްލާސްތައް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓަމްބަރު 7 ވަނަ ދުވަހުން 12 ވަނަ ދުވަހާއި ހަމައަށް

ފިޒިކަލް ފިޓްނަސް ސެންޓަރުން އާންމުންނަށް ހިލޭ ބައެއް ކްލާސްތައް އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

ފިޒިކަލް ފިޓްނަސް ސެންޓަރުން ކްލާސްތައް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓަމްބަރު 7 ވަނަ ދުވަހުން 12 ވަނަ ދުވަހާއި ހަމައަށެވެ.

ފިޒިކަލް ފިޓްނަސް ސެންޓަރުގެ މެނޭޖަރު އަހްމަދު ރިޔާޒް ވިދާޅުވީ ހިލޭ އާންމުންނަށް ހުޅުވާލާ ބައެއް ކްލާސްތަކަކީ ޒުމްބާ، ސްޓީލް ކޮމްބެޓް، ސްޓީލް ޓޮނިކް، ސްޓީލް ޓްރެއިނިންގ، ސްޓްރޯންގް ބައި ޒުންބާ، ޕައުންޑް އަދި ފިޓް މިކްސް ކަމަށެވެ.

އިސްކަންދަރު ސްކޫލް ކުރިމަތީގައި ހުންނަ މި ޖިމް ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ފަތިހު 05:30 އަކުން ރޭގަނޑު 11:00 އަށެވެ. މެންދުރުފަހު އަންހެން ބޭފުޅުންނަށް ހާއްސަ ގަޑިތަކުގައި ޖިމް ހުޅުވުމަށް ނިންމާފައިވާ ކަމަށް ފިޒިކަލް ފިޓްނަސް ސެންޓަރުން ބުނެއެވެ.

މީގެ އިތުރުން ފިޒިކަލް ފިޓްނަސް ސެންޓަރުން ފިޓްޒޯންނާއި ފިޓްނަސް އޭޝިއާ ގުޅިން ބޮޑީ ޓްރާންސްފަރ ކޯހެއް އަންނަ އޮކްޓޯބަރު މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ޖިމް އަކީ މީގެ ދެ އަހަރު ކުރިން ހުޅުވާފައިވާ ޖިމްއަކަށްވާއިރު ޖިމް އަކީ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވެސް ހާއްސަ ޖިމެކެވެ.

މި ކްލާސްތަކާއި ބެހޭ އިތުރު މައުލޫމާތު 7960070 އަށް ގުޅުމުން ލިބޭނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
33%
0%
0%
0%
67%
ކޮމެންޓް