ހޯމަ 21 ސެޕްޓެންބަރ 2020
01 އަތަ
1442 ސަފަރު 03
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
އެމްސީ ހަމީދު

ދެ ފުލުހުން ހައްޔަރުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ސީޕީ ހަމީދު

  • އޭޖީން ސިޓީ ފޮނުވާފައިވަނީ ދެ އޮފިސަރުން ހައްޔަރު ކުރުމަށް
  • ކޮމިޓީ ކުރިޔަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެން

ކ. މާލެ | 5 ސެޕްޓެންބަރ 2019 | ބުރާސްފަތި 23:19 | 12,035

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު - އިލެކްޝަންސް ކޮމިޝަން

ރަހީނު ކުރުމަށްފަހު މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މައްސަލާގައި ހައްޔަރު ކުރަން އެޓަރނީ ޖެނެރަލް އެދިފައިވާ ފުލުހުންގެ ދެ އިންޓެލް އޮފިސަރުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކޮމިޝަނަރަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރިލްވާނުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންނާއި ބައްދަލުކޮށްފައެވެ. ދެ ގަޑިއިރަށް ދެމިގެން ދިޔަ އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެންނެވެ. ބައްދަލުވުމަށް ފަހު މަޖިލީހުގެ އިދާރާގެ ބޭރުގައި މީޑިއާ އަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އެ މައްސަލާގައި ހިމެނޭ އިންޓެލްގެ ދެ ފުލުހުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިތުރު މައުލޫމާތެއް ހަމީދު ހާމައެއް ނުކުރައްވައެވެ.

ހައްޔަރު ކުރަން އެޓަރނީ ޖެނެރަލް އެދިފައިވާ އިންޓެލްގެ ދެ އޮފިސަރުންނަކީ ރިލްވާން ސީރިޔާ އަށް ދިޔަކަމަށް ދައްކަން ޕާސްޕޯޓު ހައްދަން އުޅުނު ދެ ފުލުހުންނެވެ.

އެޓަރނީ ޖެނެރަލް ވަނީ ބުރާސްފަތި ދުވަހު ފުލުހުންގެ އިދާރާ އަށް ސިޓީއެއް ފޮނުވާފައެވެ. ރިލްވާން މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި އިންޓެލް ދެ ފުލުހުން ކަމަށްވާ، ކޯޕްރަލް މުޙައްމަދު ޖިނާޙާއި، ކޯޕްރަލް އިބްރާހީމް ރިފްޢަތު މުޖުތަމަޢުއަށް ދޫވެފައި ތިބުމަކީ، މި މައްސަލައިގެ މިނިވަން ތަޙުޤީޤެއް ކުރިއަށް ގެންދިއުމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ޤަބޫލުކުރެވޭތީ، ހައްޔަރުކުރުމަށް އަމުރެއް ހޯދުމަށް ކުރިމިނަލް ކޯޓުގައި އެދުމަށް ފުލުހުންގެ ކިބައިން އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.