ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 17:30
ޒިދާން
ޒިދާން
ގެޓީ އިމޭޖަސް
ރެއާލް މެޑްރިޑް
ރެއާލް އޮތީ ފޯމުގައި: ޒިދާން
 
ރެއާލުން ވަނީ އެޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް 300 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު ހޭދައެއް ކޮށްފަ

ޓްރާންސްފަރ މާކެޓައްފަހު، ސްޕެނިޝް ލީގުގެ މެޗުތައް ފަށައިފައިވާ އިރު ރެއާލް އޮތީ ވަރަށް ފޯމުގައި ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.

މީޑިއާގައި މިހާރު ދެކެވޭ ވާހަކަތައް ދޮގު ކުރަމުން ޒިދާން ބުނީ ޓްރާންސްފަރ މާކެޓުގައި އޭނާ ގަންނަން ބޭނުންވި ބައެއް ކުޅުންތެރިން ނުލިބުނު ކަމުގައި ވިޔަސް އެކަމާ ހާސް ނުވާކަމަށާއި މިހާރު އޮތް ސްކޮޑް އާއި އެކު ކާމިޔާބު ލިބޭނެ ކަމަށް ޒިދާން ބުންޏެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ރެއާލް މެޑްރިޑް އިން ލީގުގައި ދައްކަމުން އަންނަ ކުޅުމަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ޒިދާން އެންމެ ބޭނުންވި ކުޅުންތެރިޔާ ޕޮގްބާ ނުލިބުމުން އެކަމާ ހިތްހަމަ ނުޖެހިފައި ޒިދާން ހުރި ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ޒިދާން ބުނީ އޭނާގެ ސްކޮޑްގައި މިވަގުތު ތިބި ކުޅުންތެރިންނަކީ ވޯލްޑް ކްލާސް ކުޅުންތެރިންތަކެއް ކަމަށާއި އެ ކުޅުންތެރިންނާއި، ޓީމުގެ ރައީސް އާއި އޭނާގެ ގުޅުން ރަނގަޅު ކަމަށެވެ.

ޒިދާން ވަނީ މީޑިއާގައި ރެއާލް އާއި ބެހޭގޮތުން ހަގީގަތާއި ހިލާފު ވާހަކަ ދައްކާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ޒިދާން ބުނީ ފްލޮރެންޓީނޯއާއި އޭނާއާ އޮތް ގުޅުން ރަނގަޅު ކަމަށް އޭނާ ބުނާއިރު އެހެން މީހުން ދެކޭގޮތް އެއީ މުހިންމު ކަމެއް ނޫން ކަމަށް ބުނެފައެވެ.

ނިމިދިޔަ ޓްރާންސްފަރ މާކެޓުގައި ރެއާލުން ވަނީ 300 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު ހަރަދެއް ކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފައެވެ. އޭގެ ތެރޭގައި ބެލްޖިއަމްގެ ހަޒާޑް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް